Advertisement

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން --

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރަށްވެހިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން 5000ރ ގެ ފީއެއް ނެގުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާޠިލްކޮށްފި

ގދ. ތިނަދޫގެ އާބާދީ މަދުވުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ތިނަދޫގެ ރައްޔިތުންގެ ތެރެއިން އެރަށުގެ ރަށްވެރިކަން ދޫކޮށްލާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ލޯކަލްގަވަރމެންޓް އޮތޯރިޓީ އެލްޖީއޭއިން ބާޠިލްކޮށްފިއެވެ.

އެމައްސަލަ އެލްޖީއޭގެ ބޯޑަށް ހުށައެޅުމާއި އެކު މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައި ވަނީ، އެއީ ތިނަދޫ ސިޓީ ކައުންސިލަށް ޤާނޫނީ ގޮތުން އެކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށެވެ. މިގޮތުން އެނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ފުށުއަރާ ނިންމުމެއް ކަމުގައިވެސް އެލްޖީއޭއިން ވަނީ ކަނޑައަޅާފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވާއިރު، އެސިޓީގެ އާބާދީއަކީ މިހާރު 10150 އެވެ. އެހެން ނަމަވެސް ދިރިއުޅުމާއި ވަޒީފާ އާއި އެނޫންވެސް ބޭނުންތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް ހިޖުރަކޮށް ރަށްވެހިކަން ބަދަލުކުރާ ފަރާތްތައް އިތުރުވަމުން ދިޔުމާއި އެކު، އެކަމުގެ ގޮންޖެހުންތައްވެސް ކައުންސިލްތަކާއި ކުރިމަތިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.