Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ހަސަން ކުރުސީގެ އެކައުންޓަކީ ރައީސް ނަޝީދުގެ ދޮށީ ދަރިކަނބަލުން ހިންގާ އެކައުންޓެއް ކަމަށް ފަތުރާ ވާހަކަ ދޮގުކޮށްފި

ހަސަން ކުރުސީގެ ނަމުގައި އެކްސްގައި ހިންގަމުން އަންނަ އެކައުންޓަކީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ހިންގަވާ އެކައުންޓެއް ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް، ރައީސް ނަޝީދު ދޮގުކުރައްވައިފިއެވެ.

އެ އެކައުންޓަކީ މީރާ ހިންގަވާ އެކައުންޓެއް ކަމަށް ބުނެ އިންޑިއާގެ ބައެއް ފަރާތްތަކުންނާއި، ދިވެހިރާއްޖޭގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަށް މީރާވެސް ވަނީ ރައްދުދީފައެވެ. އަދި އެ އެކައުންޓަކީ އޭނާ ހިންގަވާ އެކައުންޓެއް ނޫންކަމަށް ރައީސް ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާވެސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓް --

ހަސަން ކުރުސީގެ ނަމުގައި އެ އެކައުންޓް ހިންގަނީ، މީރާ ކަމުގައި ބުނެ ފުރަތަމަ އެކްސްގައި ވާހަކަތައް ފެތުރީ ދިވެއްސެކެވެ. އޭގެ ފަހުން އިންޑިއާ އެކްޓިވިސްޓުން ވަނީ، މިރާ އާއި އެކްސްގައި ދިމާކޮށްލައި، ވަރަށް ހަޑި ހުތުރު އަދި ބޭއަދަބީ ގޮތުގައި ފުރައްސާރަކޮށްފައެވެ.

އިންޑިއާއިން ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ފެށި ކެމްޕޭނާއި ގުޅިގެން ހަސަން ކުރުސީގެ އެކައުންޓުން ވެސް ވަނީ އިންޑިއާއަށް ފާޑުކިޔައި އަދި މަލާމާތްކޮށް ޕޯސްޓްތައް ކޮށްފައެވެ.

ހަސަން ކުރުސީގެ ނަމުގައި، އެކްސްގައި އެކައުންޓެއް ހިންގަމުންދާ ފަރާތަކީ ކޮބައިކަން ހޯދުމަށް، ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް މީގެ ކުރިން ފުލުހުންނަށްވެސް މައްސަލަ ހުށައަޅުއްވާފައިވެއެވެ.

އެ އެކައުންޓުން ވިސިލްބްލޯކޮށް ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހުއްޓުވާފައިވެސް ވެއެވެ، އެހެން ނަމަވެސް ހަމަ އެ އެކައުންޓުން ކުރާ ޕޯސްޓްތަކުގައި، މީހުންގެ އަބުރާ އިންސާނީ ކަރާމަތާއި ޤަދަރަށް އަރައިގަނެ، މުޖުތަމަޢާއި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި، ސަރުކާރާއި ސިޔާސީ ވެރިންނާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދޭފަދަ ޕޯސްޓްތައްވެސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.