Advertisement

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބު ރޯދަމަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗު މަހުގެ 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިހާރު ކަލަންޑަރުގައިވާ ގޮތުން، މަޖިލިސް އިންތިޚާބު ދިމާވާނީ ރޯދަމަހުގެ 7 ވަނަ ދުވަހާއެވެ. 

އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ އިންތިޚާބު ރޯދަމަހާއި ދިމާވާ ގޮތަށް އިއުލާނުކޮށްފައި މިވަނީ، އިންތިޚާބު ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް އެމްޑީޕީއާ އެނޫންވެސް ބައެއް އެހެން ފަރާތްތަކުން އެދިފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރޯދަމަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމީ މިހާރު، އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް ވުރެ ފަސްކޮށްފިނަމަ، ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކާއި ކުރިމަތިވާނެތީ ކަމަށެވެ. މިގޮތުން ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވުމާއި، އަދި ފަހު ދިހައިގެ ބަންދު އީދު ބަންދާއި ގުޅިގެން ދާއިރު، ބަންދަށްފަހު ހުޅުވޭ ހަފްތާއަކީ، ސްކޫލުތަކުގެ އިމްތިހާނުތައް ފެށޭ ހަފްތާއަށް ވާތީ، ވޯޓުލާ މަރުކަޒުތައް ޤާއިމްކުރުމަށް ސްކޫލުތައް ލިބުން ދަތިވާކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ރޯދަމަސް ފެށޭނީ، މާރިޗު 11 ގައެވެ. އަދި ރޯދަމަސް 9 އޭޕްރީލްގައި ނިމޭއިރު ހަރޯދަ ނިމޭނީ، އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. ރޯދައިގެ ފަހަށް އިންތިޚާބު ލަސްކޮށްފިނަމަ، ޤާނޫނުގައި ބުނެފައިވާ މުއްދަތަށް އިންތިޚާބުގެ ކަންކަން ނިންމާނުލެވުމުގެ ފުރުޞަތު އޮންނާނެ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ކުރިންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.