ޚަބަރު
ޚަބަރު
08 Jan 2024
ޚަބަރު
އާޒިމާގެ އިތުރު މައްސަލައެއް ކޯޓުގައި އޮތް ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ފެތުރީ ދޮގު މައުލޫމާތެއް ކަމަށާއި އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އާޒިމާ ވިދާޅުވެއްޖެ
ދައުލަތުގެ ވަރަށް ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، އާޒިމާ ވިދާޅުވީ، ރާއްޖޭގެ ނޫހަކު އެކަމަނާގެ ދަރަންޏާއި ގުޅޭ އިތުރު މައްސަލައެއް ކޯޓުގައި އޮތްކަމަށް ބުނެ ޚަބަރު ފަތުރާފައި ވިޔަސް، ކޯޓުގައި އެފަދަ މައްސަލައެއް ނެތްކަން ކަށަވަރު ކުރައްވާފައިވާކަމަށެވެ. އަދި އެނޫހުން އެޚަބަރު ފެތުރުމުގައި ޢަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އެކަމަނާގެ އިންތިޚާބީ ޚައްޤަކަށް ހުރަސް އެޅިގެންދާކަމަށެވެ. އަދި އެއި އަބުރުގެ މައްސަލައަކަށް ވުރެ ބޮޑަށް ޖިނާޢީ މައްސަލައަކަށް ވާނެ ކަމުގައިވެސް އާޒިމާ ވިދާޅުވިއެވެ.
08 Jan 2024
ޚަބަރު
އިންޑިއާ އާއި ދިވެހިރާއްޖޭންވެސް ދެޤައުމުގެ ސަފީރުން ހާޟިރުކޮށް ސުވާލުކޮށްފި
އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ޙާޟިރުކޮށްފައި ވަނީ، ދިއްލީގެ ގަޑިން ހެނދުނު 9:30 އަށެވެ. އެގަޑިއަށް ރާއްޖޭގެ ސަފީރު، އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެބައްދަލުވުމާއި ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
08 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އެޤައުމަށް މިއަދު ހެނދުނު ވަޑައިގަތުމުން އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނެވެ.
08 Jan 2024
ޚަބަރު
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ނުތަނަވަސްވެފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ޗައިނާ ދަތުރުފުޅުފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި، އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
07 Jan 2024
ޚަބަރު
އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކޮށްފި
އެތިން ބޭފުޅުން މަޤާމުން ސަސްޕެންޑްކޮށްފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލު ކަށަވަރުކޮށްދެއްވިއެވެ.
07 Jan 2024
ޚަބަރު
ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެން އެ މަނިކުފާނާއި އެ ގައުމުގެ ސިޔާސީ ލީޑަރުންނަށް ނިސްބަތްވާ ގޮތަށް މީސްމީޑިއާގައި ބޭއަދަބީ ކޮމެންޓުކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
07 Jan 2024
ޚަބަރު
އިންޑިއާ އާއި ރާއްޖޭގެ "ކޯޅުން" ފިލްމީ ތަރި އަކްޝޭއާ ހިސާބަށް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެން ދިވެހިން ފަތުރަމުންދާ ނަފުރަތާއި ތަފާތު ކުރުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ބުނެފިއެވެ.
07 Jan 2024
ޚަބަރު
ސަރުކާރުގެ އިސް އޮފިޝަލުންގެ ބޭއަދަބީ އަމަލުތައް ހުއްޓުވަންޖެހޭ: ހަނަފީ
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) ވެސް، މިހާރުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ފަރާތުން ފެންނަމުންދާ ބޭ އަދަބީ އަމަލުތައް ހުއްޓުވުމަށް ގޮވާލައިފިއެވެ.
07 Jan 2024
ޚަބަރު
ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަކަމެއް ނޫން: ރައީސް މައުމޫން
ރައީސް މައުމޫންގެ ޕޯސްޓުގައި ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫންކަމަށާއި، އަދި ޢާންމުންގެ ތާއީދު ހޯދުމަށް އެވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫންކަމަށެވެ.
07 Jan 2024
އެމްއޭސީއެލް
ވީއައިއޭގައި މިހާތަނަށް އެންމެ ގިނަ ސީޕްލޭން މޫމަންޓްސް ރެކޯޑް ކުރެވުނީ މިދިޔަ އަންގާރަ ދުވަހު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫމަންޓްސްއާއިއެކު އައު ރިކޯޑެއް ހަދައިފިއެވެ. މި ރެކޯޑް ހަދާފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
07 Jan 2024
ޚަބަރު
ނައިބު ރައީސް މޮންޓެނިގްރޯއަށް ކުރި ދަތުރަށް ހޭދަވީ 589،000 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް، މޮންޓެނިގްރޯއަށް ކުރި ރަސްމީ ދަތުރުފުޅަށް 589،736 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
07 Jan 2024
ޚަބަރު
ށ.ގޮއިދޫގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ޕްރޮސެސްކުރާނެ ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަނީ
ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ޕްރޮސެސިން ފެސިލިޓީއެއް އަޅަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި އިއުލާނުގައި ވަނީ ކައުންސިލުގެ އަމިއްލަ ތަކެތީގައި ކުރެހުމާ އެއްގޮތަށް ދަނޑުވެރިކަމުގެ ޕްރޮސެެސިން ފެސިލިޓީއެއް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.
07 Jan 2024
ޚަބަރު
އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ސިޔާސީ ޕާޓީ އުފައްދަން މިހާރު ހުށައެޅޭނެ: ޙަބީބު
ކުރިން އޮންނަ ގޮތުން ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންނަމަ، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅޭނީ ކޮންމެވެސް އެކެއްގެ ނަމުގައެވެ. އަދި ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރަނީވެސް އެފަރާތެއްގެ ނަންމަތީގައެވެ.
07 Jan 2024
ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތަޢާރަފްކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުގެ ޕްރެސްޓީމާއި ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވި މަޢުލޫމާތުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމުގެ އިތުރުން، ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނައްތާލުމާއި ގުޅޭ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއަށް (މުވައްޒަފުންނާއި އާއިލާތަކަށް) ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނޭ ކަމަށެވެ.
07 Jan 2024
ޚަބަރު
މަޖިލީހުގެ އިންތިޚާބު ބާއްވާނެ ދުވަހެެއް މިހަފްތާގައި އިޢުލާނުކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ
މަޖިލިސް އިންތިޚާބު ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް އެދި އެންމެ ބޮޑުޕާޓީ އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައެވެ. ކޮމިޝަނުން ވިދާޅުވީ އެމްޑީޕީއާއެކު މާދަމާ 11:30ގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
07 Jan 2024
ޚަބަރު
މޯދީއާ ދެކޮޅަށް ކުރި ބޭ އަދަބީ ކޮމެންޓަށް ނަޝީދުގެ ރައްދެއް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވާހަކަތަކަކީ ސަރުކާރުގެ ޕޮލިސީ ނޫންކަން އިންޑިއާއަށް ހާމަކޮށްދިނުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލައިފިއެވެ. ރައީސް ނަޝާދު މިގޮތަށް ގޮވާލެއްވީ، މިހާރުގެ ސަރުކާރުގެ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަލްފާޟިލާ މަރިޔަމް ޝިއުނާ "އެކްސް" ގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ގުޅުވައި ކުރެއްވެވި ޕޯސްޓަކާ ގުޅިގެންނެވެ.