Advertisement

ރައީސުލްޖުމްހޫރިއްޔާ ސިނަމާލެ ބުރިޖު އެޅި ޗައިނާގެ ކުންފުނީގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުން --

08 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތްކުރި ކުންފުންޏާއި ރައީސް ބައްދަލުކުރައްވައިފި

ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބުރިޖް އެޅި ކުންފުނީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިޙަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެކުންފުނީގެ އިސްބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާފައި ވަނީ، މިހާރު އެމަނިކުފާނު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރު ކުރީގައެވެ.

ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބުރިޖް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް ކޮށްފައި ވަނީ، ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީ.ސީ.ސީ.ސީ)އިންނެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ބިނާކުރުމުގެ މަސައްކަތަކީ، އެހާތަނަށް ރާއްޖޭގައި ހިންގުނު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. ބުރިޖުގެ މަސައްކަތް ނިންމައި ހުޅުވީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ބުރިޖުގެ މުޅި މަސައްކަތް ނިންމާލުމަށް 3 އަހަރާއި 11 މަސްދުވަސް ހޭދަވިއެވެ. ބުރިޖުގެ މަޝްރޫއަށް ގާތްގަނޑަކަށް 200 މިލިޔަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.