Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތަޢާރަފްކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތަޢާރަފްކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުގެ ޕްރެސްޓީމާއި ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވި މަޢުލޫމާތުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމުގެ އިތުރުން، ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނައްތާލުމާއި ގުޅޭ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއަށް (މުވައްޒަފުންނާއި އާއިލާތަކަށް) ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނޭ ކަމަށެވެ.

މީގެއިތުރުން، ޚާއްސަކޮށް މީޑިއާ ވިލެޖް ޤާއިމްކުރުމުގެ ކަންތައްތަކާއި ގުޅޭ ގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް އެފަރާތްތަކުން ވަޒީފާ އަދާކުރާ ނުވަތަ ދިރިއުޅޭ ސަރަހައްދުތަކުގައި ހިންގާ ސޯޝަލް ހައުސިންގެ ސްކީމްތަކަށް ކުރިމަތި ލެއްވޭނެ ގޮތް ހަދައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް، ޑރ. މުހައްމަދު މުޢިއްޒު ވަޑައިގެންނެވުމަށްފަހުގައި އެމަނިކުފާނު ގެންދަވަނީ، ހަފްތާއަކު ދެފަހަރު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަމުންނެވެ. މިގޮތުން މިފާއިތުވި 54 ދުވަހުގެ ތެރޭގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ވަރަށް ގިނަ މުހިއްމު ބޮޑެތި ނިންމުންތަކެއް މިހާތަނަށްވެސް ވަނީ ނިންމަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.