ޚަބަރު
ޚަބަރު
03 Jan 2024
ޚަބަރު
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައިވެސް، ދިވެހި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މިސަރުކާރަކީ، ޚާއްޞަކޮށް ޗައިނާ އާއި އަދި ޢަރަބި އިސްލާމީ ދުނިޔޭގެ ޤައުމުތަކާއި ބަދަހިގުޅުމެއް އޮންނާނެ ސަރުކާރެއްކަން، ސަރުކާރުގެ އިސްވެރިން ވަނީ ހާމަކުރައްވާފައެވެ.
03 Jan 2024
ޚަބަރު
ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން މިމަހު ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުު ނުކުރެވޭނެކަން އަންގައިފި
ސަރުކާރުގެ އިސްބޭފުޅަކު، ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައި ވީނަމަވެސް، ދައުލަތުގެ މާލީ ޙާަތު ހުރިގޮތުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރުން ވަނީ ތިން މަހަށް ފަސްކޮށްފައި ކަމަށެވެ. މިގޮތުން އައު ޕޭ ފްރޭމްވޯކަށް ޢަމަލުކުރުމަށް މިހާރު ސަރުކާރުން ނިންމާފައި ވަނީ މާރިޗު މަހުން ފެށިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
03 Jan 2024
ޚަބަރު
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަޤާމަށް 2 ބޭފުޅުން އައްޔަންކުރައްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ އެކަމަށްޓަކާ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ޙަފްލާގައެވެ.
03 Jan 2024
ޚަބަރު
މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފި
ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
03 Jan 2024
ޚަބަރު
މަޖިލިސް އިންތިޚާބު ބޭއްވެން އޮތީ ރޯދަމަހު : ފުވާދު
ފުވާދު ވިދާޅުވީ، އިންތިޚާބު ރޯދައިގެ ފަހަށް ލަސްކުރަން ބަލާއިރު، މިހާރު ދިވެހިންގެ އާދަކާދަތަކާއި ދީނީކަންކަމަށް ބަލާއިރު ރޯދަމަހާއި ވިދިގެން އަންނަ ހަރޯދައަކީވެސް ހަމަ ރޯދަމަސް ފަދައިން ކަން އޮންނަ ދުވަސްތަކެއް ކަމަށެވެ. ހަމައެގޮތަށް ރޯދަމަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވާއިރު، ފަހުދިހަޔާއި އެކު ގިނަ ދުވަސްތަކެއް ސަރުކާރު ބަންދުވެގެން ދިޔުމަކީވެސް އެދުވަސްވަރު އިންތިޚާބު ބޭއްވުމުގައި އޮތް ގޮންޖެހުމެއް ކަމަށެވެ.
03 Jan 2024
ޚަބަރު
މަޖިލިސް އިންތިހާބަށް ހިސާން ކުރިމަތިނުލާނެކަން އިއުލާންކޮށްފި
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.
03 Jan 2024
ޚަބަރު
ހުޅުމާލެ ސަހަރާހައި ފެން ބޮޑުވުމުން މީހުން ވަޅުލުމުގެ ވަގުތީ ގޮތުން މާލެއަށް
މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާއަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ.
03 Jan 2024
ޚަބަރު
އެމްކިއުއޭގެ ސީއީއޯއަކަށް މަރްޔަމް ފިޒާނާ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރްޔަމް ފިޒާނާ ރަޝީދު ޢައްޔަންކުރައްވައިފިއެވެ.
03 Jan 2024
ޚަބަރު
"ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމަށް ހުޅުވާލައިފ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފު ކުރައްވާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
03 Jan 2024
ޚަބަރު
ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި
ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތަޢުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަނެ އެކަމާއި ގުޅޭ މަސައްކަތްތައް ކުރެއްވުމާއި، ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކުރުމަށާއި، ސަރަޙައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ޤާއިމުކުރުން ވެސް ހިމެނޭ ކަމުގައި ނާޒިމް ވިދާޅުވިއެވެ، މިގޮތުން ޕްރޮޑަކްޝަން ހައުސް ޤާއިމްކުރުމަށް ނިންމާފައި ވަނީ، ޗާންދަނީ މަގުގައި ކުރިން ބޭންކް އޮފް ސިލޯން ހިންގި ބިން ބީސީސީއަށް ދީގެންކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.
03 Jan 2024
ޚަބަރު
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަނީ
ނާޒިމް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލުތަކެއް އެކުލަވާލެއްވުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް އެކަންކުރެއްވުމަށް ނިންމެވީ، ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިންނާއި އެހެނިހެންކަންކަމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
03 Jan 2024
ޚަބަރު
އާޒިމާގެ މައްޗަށްކުރި ހުކުމް އޭނާ ދެކެނީ ޒާތީކަމެއްގެ ގޮތުގައި
ސިވިލްކޯޓުގެ ޙުކުމާއި ގުޅިގެން އާޒިމާ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެކަމަނާއަށް އާމްދަނީ ލިބެމުން ދިޔައިރު ޤަވާއިދުން އެލޯނު ދައްކަމުން ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ފަހުން ލޯނު ނުދެއްކުނީ، އޭނާއާއި ދެކޮޅަށް ކުރީގެ ސަރުކާރުން އުފުލި ދައުވާތަކާއި އެކު އާމްދަނީ ހޯދުމަށް އެނާ ކުރަމުން އައި ޤާނޫނީ މަސައްކަތްތަކަށް ހުރަސް އެޅުމުންނާއި އަދި ރާއްޖެއިން ބޭރުން ލިބުނު ވަޒީފާގެ ފުރުޞަތު އެކަންކަމުގެ ސަބަބުން ބަންދުވެގެން ދިޔުމުގެ ސަބަބުންނެވެ.
03 Jan 2024
ޚަބަރު
ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްއުކި މީހާ ދެނެގަނެވިއްޖެކަމަށް ފުލުހުން ބުނެފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އެމިސްކިތުގެ ތެރެއަށް ބިތަކެއް ތަޅާލާފައި އަޅާފައި ހުރި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް އެމައްސަލަ ބަލަމުންދާކަމަށެވެ.
03 Jan 2024
ޚަބަރު
މާލެ އަތޮޅު ކާށިދޫ އާއި ނ. ވެލިދޫ އަދި ލ. އަތޮޅުގެ ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރެއްވުމަށް ނިންމަވައިފި
އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށްވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ދާޅުވިއެވެ.
02 Jan 2024
ޚަބަރު
އާޒިމާ ހަމަސްދުވަހުގެ ތެރޭގައި އިސްލާމިކް ބޭންކަށް 4.1 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން މިއަދު ޙުކުމްކޮށްފި
މާޅޭ ސިޓީގެ މޭޔަރުގެ ކަމުގެ މަޤާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި ދެކޮޅަށް، މޯލްޑިވުސް އިސްލާމިކް ބޭންކުން ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިންމައި، އާޒިމާ އެބޭންކަށް 4.1 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް ކަނޑައަޅައި، އެފައި ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލްކޯޓުން އާޒިމާގެ މައްޗަށް ހުކުމްކޮށްފިއެވެ.
02 Jan 2024
ޚަބަރު
ޚިދުމަތުން ވަކިވެފައިވާ ސިއްޙީ ދާއިރާގެ މުވައްޒަފުން އަނބުރާ ދާއިރާއަށް ނެރުމުގެ މަސައްކަތް ފަށައިފި
ނާޒިމް ވިދާޅުވީ، އައު ސިޔާސަތު އެކުލަވާލެއްވަނީ، އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރައްވައިގެން ކަމަށެވެ. އޭގެ އެއް ބޭނުމަކީ ސިއްޙީ ދާއިރާގައި ޚިދުމަތް ކުރާ ދިވެހިންގެ އަދަދު އިތުރުކުރުން ކަމަށާއި މިހާރުވެސް ރާއްޖޭގެ ސިއްޙީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ %56 އިންސައްތައަކީ ބިދޭސީންކަން ނާޒިމް ފާހަގަކުރެއްވިއެވެ.