Advertisement

04 Jan 2024
ޓެކްނޮލޮޖީ

މައިކްރޯސޮފްޓުން އެންޑްރޮއިޑް ކޯޕައިލޮޓް އެޕް ނެރެފި

މައިކްރޯސޮފްޓުން އެންޑްރޮއިޑަށް ކޯޕައިލޮޓް އެޕް ނެރެފިއެވެ. މިހާރު ގޫގަލް ޕްލޭސްޓޯރ އިން މި އެޕް ލިބޭނެއެވެ. ނަމަވެސް އަދި މައިކްރޯސޮފްޓް އިން އައިއޯއެސް އެޕެއް ނުނެރެއެވެ

ޗެޓްޖީޕީޓީ އަކީ އާޓިފިޝަލް ޓެކްނޮލޮޖީގެ އެހީގައި ގުދުރަތީ ބަސް ޕްރޮސެސްކުރާ ޓޫލެއް ކަމުން މީގެން ޗެޓްބޮޓާ އެކު އިންސާނުންނެކޭ އެއްފަދައިން ވާހަކަދެއްކުން ފަދަ އެތައް ކަމެއް ކުރެވޭނެ އެވެ. އަދި ސުވާލުތަކަށް ޖަވާބުދީ، އީމެއިލް، މަޒުމޫނު، އަދި ކޯޑް އެކުލަވާލުން ފަދަ މަސައްކަތްތައް ކުރެވޭނެއެވެ

އެންޑްރޮއިޑަށް މި އެޕް ތަޢާރަފްކޮށްފައި މިވަނީ ބިންގްޗެޓް ކޯޕައިލޮޓަށް ރީބްރޭންޑް ކުރިތާ މަހެއްވަރު ފަހުންނެވެ. ކޯޕައިލޮޓް ލޯންޗް ކުރުން ބެލެވެނީ ކޯޕައިލޮޓް އިތުރަށް ތަރައްޤީ ކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައެވެ.ބެލެވޭ ގޮތުގައި ވަރަށް އަވަހަށް ކޯޕައިލޮޓްގެ އައިއޯއެސް އެޕް ނެރޭނެއެވެ.މީގެ އައިއޯއެސް އެޕް ނެރުމާހަމައަށް ބިންގް އެޕް މެދުވެރިކޮށް ކޯޕައިލޮޓް ބޭނުންކުރެވޭނެއެވެ.

Advertisement

ކޮމެންޓް
އިތުރު އާޓިކަލް
21 May 2024
ޚަބަރު
މާދަމާ މުދައްރިސުން ސްކޫލުތަކަށް ނުކުންނަން ޖެހޭއިރު ގިނަ އަދަދެއްގެ މުދައްރިސުން ރަށުން ބޭރުގައި
ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަނޑުމަގުން ކުރާ އާއްމު ދަތުރުފަތުރަށް ހުރަސް އެޅި، ގިނަ އަދަދެއްގެ މުދައްރިސުން ތިބީ މާލޭގައި ތާށިވެފައެވެ. ސްކޫލު ބަންދުގައި ސިއްޙީ ބޭނުންތަކަށާއި، އެހެނިހެން ބޭނުންތަކަށް މުދައްރިސުންވެސް މާލެއަށް އަންނައިރު، އެނބުރި ރަށަށް ފުރޭނެ ގޮތެއް ނެތިފައި ގިނަ އަދަދެއްގެ މުދައްރިސުން މާލޭގައިވެސް އެބަތިއްބެވެ. މޫސުމް ގޯސްވުމުގެ ސަބަބުން އަތޮޅުތަކަށް ކުރާ ލޯންޗު ދަތުރުތަކުުގެ ޝެޑިއުލަށްވެސް ބުރޫ އަރާފައި ވާއިރު، ކަނޑުމަގުން އަތޮޅުތެރެއަށް ކުރާ ލޯންޗު ދަތުރުތައް އޮތީ ގާތްގަނޑަކަށް ހުއްޓިފައެވެ.
21 May 2024
ޚަބަރު
ސްކޫލުތަކުން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި
މާލޭގެ ސްކޫލުތަކުންނާއި އަތޮޅުތަކުގެ ސްކޫލުތަކުގައި ފޮތްތައް ދޫކުރަން ފަށާފައި ވީނަމަވެސް، މާލޭގައިވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް އަދިވެސް ނުލިބޭތީ ދުލެއް ނުކުރެއެވެ. އަދި މޫސުމް ގޯސްވުމާއި ދަތުރުފަތުރުގެ ދަތިތަކާއި ހުރެ ދެކުނާއި އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލުތަަކަށް ޓެކްސްޓް ފޮތްތައް ލިބިފައި ނުވާކަމަށް، ބައެއް ސްކޫލުތަކުގެ އިސްވެރިން ވިދާޅުވިއެވެ.
21 May 2024
ޚަބަރު
މޫސުމް ގޯސްވެ މެދުރާއްޖެތެރެއަށް އޮރެންޖް އެލާޓް ނެރެފި
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އޮރެންޖެ އެލާޓު ނެރެފައިވާ ވަގުތުގައި އެވްރެޖްކޮށް 36 މޭލާއި 46 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހިފައިވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
21 May 2024
ދުނިޔެ
ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއް ގަދަވައިގައި ޖެހި ފަސިންޖަރަކު މަރުވެއްޖެ
ހާދިސާ އާއި ގުޅިގެން އެފްލައިޓް ވަނީ، ބެންކޮކްފެ ސްވަރްނަ ބޫމީ އެއާޕޯޓުގައި މިއަދުގެ މެންދުރު ރާއްޖޭ ގަޑިން 1:15ގައި ޖައްސާފައެވެ. އަދި ހާދިސާގައި އަނިޔާވެފައިވާ ފަސިންޖަރުންނަށް ފަރުވާދޭން ފަށާފައިވާ ކަމުގައި ސިންގަޕޯރ އެއާަލައިންސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.