Advertisement

ފޮޓޯ: ސިޓީ ކައުންސިލް

03 Jan 2024
ޚަބަރު

ހުޅުމާލެ ސަހަރާހައި ފެން ބޮޑުވުމުން މީހުން ވަޅުލުމުގެ ވަގުތީ ގޮތުން މާލެއަށް

މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާއަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މީހުން ވަޅުލުމަށްޓަކައި ތިން ފޫޓަށް ވަޅު ކޮންނަން ޖެހޭއިރު ވިއްސާރަ އަށް ފަހު ހުޅުމާލެ ސަހަރާހައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާ ކަމަށެވެ.

އެ މައްސަލަ ހައްލުވާން އަދި ހަފުތާއެއް ނަގާނެތީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަޅުލަނީ އާ ސަރަހާގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެހެނަމަވެސް މައްޔިތާގެ މޫނު ދެއްކުން އޮންނާނީ ހުޅުމާލެ ސަހަރާގައެވެ.

މޫސުން ރަނގަޅުވެ ފެންގަނޑު ހިނދުމުން މީހުން ވަޅުލުމުގެ ކަންކަން އަނެއްކާވެސް ހުޅުމާލެ ސަހަރާއަށް ބަދަލުކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރިން ކުރި ނަމަވެސް އެތަން މަރާމާތައް ބަންދުކުރުމަށްފަހު މީހުން ވަޅުލުމުގެ ކަންކަން މިދިޔަ އަހަރު ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ.

މާލެ ސަރަހައްދަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ރެކޯޑު އަދަދަކަށް ވާރޭ ވެހިފައެވެ. މީގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.