ތުރުކިޔޭގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ތުރުކިޔޭގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ތުރުކީގައި އުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތުރުކީވިލާތުން ދިވެހިރާއްޖެއަށް، 2024 ވަނަ އަހަރުން ފެށިގެން 30 ސްކޮލަރޝިޕް ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާ ކަމުގެ އުފާވެރި ޚަބަރުވެސް ދެއްވިއެވެ.