Advertisement

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ---

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންސީއާ ގުޅިވަޑައިގަތީ ބަނޑަށް ޖެހިދާނެތީ ކަމުގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވެއްޖެ

އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގަތީ، ޤައުމު ހަލަބޮލިވެ ބަނޑަށްޖެހުމުން ސަލާަމަތް ކުރައްބަކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް ސޮއެކުރައްވައި ރައިސުލްޖުމްހޫރިއްޔާ އާ ފޯމް ހަވާލުކުރެއްވުމަށްފަހު، މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ވެރިކަން ބަދަލުވުމުން ޕީއެންސީއާ ގުޅިވަޑައިގެންނެވުމަށް އޭނާ ހުންނެވީ ވިސްނަވައިގެން ނޫންކަމަށެވެ. އެހެން ނަމަވެސް އޭނާގެ ވިސްނުން ބަދަލުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ލަސްވަމުން ދިޔުމާއި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ޢަޒުލްކުރުމުގެ ވާހަކަތައް ދެކެވެން ފެށުމުން ކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ވެރިކަމަށް ގެނައި، ބޭފުޅަކު މަޤާމުން ވަކިކުރަން އުޅޭ ގޮތަކީ އޭނާއަށް ޤަބޫކު ކުރެއްވޭ ގޮތެއް ނޫން ކަމަށާއި، އަދި އެކަންކަމުގެ ސަބަބުން ގައުމު ހަލަބޮލިވެގެން ހިނގައިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރީގެ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ދަންނަވަމުން މިއަންނަނީ ހަމައެންމެ ވާހަކައެއް. ތިޔަ ބޭފުޅުން ހީފުޅު ނުކުރައްވައްޗޭ! ޤައުމު ބަނޑަށް ޖެހޭއިރު ޖެހޭނީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މީހުން އެކަނިކަމަށް. އެމްޑީޕީގެމެމްބަރުންވެސް ޖެހޭނެ އިނގޭތޯ؟ ޖެހޭނެ. އަދި ޕާޓީއަކަށް ނިސްބަތްނުވާ މީހުންވެސް އޭގެ ބަރު އުފުލަންޖެހޭނެ. މިކަން ޤަބޫލުކުރާ މީހުންނެއް ނެތް. ވަރަށް ހިތާމަވެރިކަމެއް. އެކަން އަޅުގަނޑު ބަލައެއް ނުގަންނަން. އަޅުގަނޑުމެން، މިދެންނެވި ސަބަބަށްޓަކައޭ، މިޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން."

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ---

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް މީގެ ދެތިން ދުވަސް އެމްޑީޕީގެ މެމްބަރު ކަމުން ވަކިވެވަޑައިގެން ވިދާޅުވީ، އޭނާ ސިޔާސީ ކަންކަމާއި ފެއަށް ޖެހިވަޑައިގެންނެވީ ކަމަށެވެ. އެެހެން ނަމަވެސް މިރޭ ޕީއެންސީއަށް ސޮއެކުރައްވައި ޝަރީފް ވިދާޅުވީ، އެބޭފުޅުން އިސްކުރާނީ ޤައުމީ މަސްލަޙަތު ކަމަށެވެ. އަދި ޕީއެންސީއާ ގުޅިވަޑައިގަތީ އަމިއްލަ މަންފާއަކަށް ނޫންކަމަށާއި، އެއީ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ނިންމެވި ނިންމެވުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިރޭ ބޭއްވި ޕީއެންސީގެ ޚާއްޞަ ޖަލްސާގައި އެޕާޓީއަށް ސޮއެކުރެއްވި 13 މެމްބަރުންގެ ފަރާތްޕުޅުން ޖަލްސާގައި ވާހަކަފުޅު ދެއްކެވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެންމެ ފުރަތަމަ ޑިއާރްޕީގެ ތެރެއިން ސިޔާސީ މަސައްކަތް ފެއްޓެވި ޝަރީފް ޕީއެންސީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެންމެފަހުން ހުންނެވީ އެމްޑީޕީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.