Advertisement

ބިންހެލުމާއި ގުޅޭ މެޕް --

29 Dec 2023
ޚަބަރު

ރާއްޖޭގެ ހުޅަނގު ދެކުނުން އިންޑިއާކަނޑަށް ގާތްގާތުގައި މިއަދު ހަތަރު ބިންހެލުން އަތުވެއްޖެ

ރާއްޖޭގެ ހުޅަނގު ދެކުނުން އިންޑިއާކަނޑަށް ގާތްގާތުގައި ރެއިން ފެށިގެން މިހާތަނަށް ގާތްގާތުގައި، 4 ބިންހެލުން އަތުވެއްޖެއެވެ.

މިގޮތުން ރާއްޖޭގެ ހުޅަނގު ފަރާތުން އޮންނަ-މިޑް އިންޑިއަންރިޖްއަށް އައިސްފައިވަނީ، ރިކްޓަރ މިންގަނޑުން،4.8 އާއި 5.2 އާއި 5.7 އާއި 5.0 ގެ ބިންހެލުންތަކެއް ކަމުގައި ޔޫއެސްޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވެއެވެ. މި ބިންހެލުންތަކުގެ ތެރެއިން ފުރަތަަމަ ބިންހެލުމުގެ ބާރު ހުރީ ރިކްޓަރ މިންގަނޑުން، 4.8 ގައެވެ.  މި ބިންހެލުން އައިސްފައި ވަނީ، ރާއްޖޭ ގަޑިން ފަތިހު 3:38 ގައެވެ. އަދި ދެވަނަ ބިންހެލުން އައިސްފައި ވަނީ ރާއްޖޭގަޑިން ފަތިހު 5:38 ގައެވެ. އަދި ވަނަ ބިންހެލުން އައިސްފައި ވަނީ، ހެނދުނު 6:18ގައެވެ. މިބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.7 ގައެވެ.  އަދި ތިންވަނަ ބިންހެލުން އައިސްފައި ވަނީ ހެނދުނު 7:38ގައެވެ. 

މިހުރިހާ ބިންހެލުންތަކެއްވެސް މަރުކަޒުވެފައި ހުރީ އަައްޑޫ ސިޓީ ހިތަދޫގެ ހުޅަނގު ދެކުނުން، 900 ކިލޯމީޓަރުގެ ދުރުގައެެވެ. ބިންހެލުންތައް މަރުކަޒުވެފައި ހުރީ ކަނޑުގެ 7 ކިލޯމީޓަރާއި 10 ކިލޯމީޓަރު ފުނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.