Advertisement

ހަނިމާދޫ އެއަރޕޯޓް އިންނާނެ ގޮތުގެ ކުރެހުމެއް

30 Dec 2023
ޚަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރަންވޭގެ އެއްބައި ކުރިއަށްއޮތް މަސްދުވަހު ނިމޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭއިން ރަންވޭގެ އެއްބައި ކުރިއަށްއޮތް މަހެއްހައި ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ 2،460 މީޓަރުގެ ރަންވޭއަކާއިއެކުގައެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފައިވަނީ ކުރިއަށްއޮތް މަހެއްހައި ދުވަހުގެ ތެރޭގައި ރަންވޭގެ 1،200 މީޓަރުގެ ސަރަހައްދެއް ނިންމާލެވޭނެކަމަށެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭގެ 1،200 މީޓަރު ނިމުމުން، އެތަން ބޭނުން ކުރުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ފަހު އެ ސަރަހައްދު ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެ ސަރަހައްދު ހުޅުވާނީ ރޭގަނޑު ވެސް ފްލައިޓުތައް ޖެއްސޭނެހެން އެ ހިދުމަތްތަކާ ވެސް އެކު ކަމަށް އެ ކުންފުނިން ބުންޏެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ. އެއާއެކު އެ ރަންވޭ 24 ގަޑިއިރު ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެންނެވެ. އެގޮތުން ރަންވޭގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ސެގްމެންޓަކަށް ބަހާލައިގެން، ރަންވޭ އެއްކޮށް ބަންދުނުކޮށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި މި މަޝްރޫއު ފެށީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

މި މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރާ އިރު އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލެއް ވެސް ހަދާނެކަމަށް އެއިރު ސަރުކާރުން ވަނީ ބުނެފައެވެ. އަދި މަޝްރޫއު ނިމުމުން އެއާބަސް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދޭނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.