Advertisement

ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު --

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެމް.ޑީ.ޕީ ގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި: ޢަބުދުﷲ ޝާހިދު

އެމް ޑީ ޕީ ގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރުބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެންކަމުގައި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެވެރިކަން (ނ.ޢ.ޢ.ވ)ގެ ލަޤަބު ދައުލަތުން އަރުވާފައިވާ، އަދި އެމްޑީޕީގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ 13 މަޖިލިސް މެމްބަރުން އެމްޑީޕީ ދޫކުރައްވައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއެކުރެއްވުމާއި ގުޅިގެން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ، އެމް.ޑީ.ޕީ އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން މިއަދުވެސް ހަނދާން އެމަނިކުފާނު ހަނދުމަފުޅުކުރައްވާ ކަމަށެވެ. އަދި އެ ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖުރިބާކޮށްފައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއި އެކު ރައްޔިތުންނާއި. ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތު. އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއި އެކު ނިކުންނަންވީ ދަނޑިވަޅު. އެމް ޑީ ޕީ ގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރުބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެން." 

ކުރީގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު --

ރައީސް މައުމޫނާއި އެކު ސިޔާސީ މަސައްކަތްތައް ފެއްޓެވި އަދި ޑީއާރްޕީގައިވެސް އިސް މަޤާމުތަކެއް ފުރުއްވި ޢަބުދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ވ. ކެޔޮދޫ ދާއިރާގެ މެންބަރުގެ މަޤާމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން، 18 އޭޕްރީލް 2013 ގައެވެ. އަދި އެމްޑީޕީގެ ޕޯޑިއަމްގައި ޢަބުދުﷲ ޝާހިދު އެންމެ ފުރަތަަމަ ވާހަކަފުޅު ދައްކަވާފައި ވަނީ، 19 އޭޕްރީލް 2013ގައި، އަލިމަސް އުފާ ކާނިވަލްގައި އެމްޑީޕީން "އާބާރެއް"ގެ ނަމުގައި ބޭއްވި ޖަލްސާގައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.