ޚަބަރު
27 Dec 2023
ޚަބަރު
ޝެޑިއުލާއި އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށްދޭ: މިނިސްޓަރު
ގުޅިފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން، މިނިސްޓަރ ވިދާޅުވީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް އެބަދާ ކަމަށާއި، ހިއްކުމަށް ކަނޑައަޅާފައިވާ 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރުގެ ބިން މިހާރު ހިއްކިފައިވާ ކަމަށެވެ.
27 Dec 2023
ޚަބަރު
އައްޑޫ ސިޓީ އާ ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފި
އައްޑޫއާ ފުވައްމުލަކަށް، އޮރެންޖް އެލާޓް ނެރުނު އިރު މިއަދުގެ، މެންދުރުފަހު 1:00 އިން ފެށިގެން، ހަވީރު 17:00އާ ހަމައަށް ނ އަތޮޅުންފެށިގެން ދ. އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، އެވަގުތުތަކުގައި، ގަޑިއަކުން 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރެއްވުމަށް މޫސަުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
27 Dec 2023
ޖުމްހޫރީ ޕާާޓީ
މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަމާއި ޤާބިލުކަން ބެލުމަށްފަހު އެ ފަރާތްތަކުގެ ކެންޑިޑެސީ ކަށަވަރު ވާނީ ޕާޓީގެ ކައުންސިލުން ނުވަތަ އެކަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ވަޒަންކޮށް ބެލުމަށްފަހު ކަމަށް ޖޭޕީން ބުނެފައިވެއެވެ.
27 Dec 2023
ޚަބަރު
މިއަހަރުގެ ރާއްޖެއިން ހައްޖަށްދާ މީހުންގެ އިސް ޝައިޚަކަށް އާދަމް ޝަމީމް
ކުރިޔަށް އޮތް ހައްޖު މޫސުމުގައި، ދިވެހި ޙައްޖުވެރިންނާ އެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމް ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަސު ޝަހީމް ޢަލީ ޝަހީމް ވިދާޅުވެއްޖެއެވެ.
26 Dec 2023
ޚަބަރު
ދިވެހިން އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަދުވެސް އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ މީހުން ސަރުކާރާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހެއްގެ އަބުރާ ޤަދަރާއި ޝަރަފާއި އިންސާނީ ކަރާމަތަށް އަރައިގަންނަމުންދާއިރު، އެފަދަކަންކަން ހުއްޓުވުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ސަޕޯޓަރުންނަށާއި، އެމަނިކުފާނުގެ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ.
26 Dec 2023
ޚަބަރު
މަދިރިކޮންޓްރޯލް ކުރުމަށް ހުޅުމާލޭގައި ފޮގުކުރަން ފަށައިފި
ހުޅުމާލެ ފޭސް-1 އާއި ފޭސް-2 އަކީ، ކޮންސްޓްރަކްޝަން ސައިޓްތައް ގިނަ އަދި ގަސްތައް ގިނަ ރަށެއްކަމަށް ވާތީ، ހުޅުމާލޭގައި ދިރިއުޅޭ އާއްމުންނަށް މަދިރީގެ އުނދަގޫތައް ބޮޑުވެފައެވެ. އަދި ހުޅުމާލޭގައި މަސައްކަތް ހުއްޓާލާފައިވާ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަދިރިއުފެދި އާލާވާތީ އެކަމުގެ އުނދަގޫވެސް އާއްމުންނަށް ވަރަށް ބޮޑުވެފައި ވެއެވެ.
26 Dec 2023
ޚަބަރު
ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ވަނުމަކީ މަނާކަމެއްކަން އާބަންކޯއިން އަނެއްކާވެސް ހަނދާންކޮށްދީފި
ހުޅުމާލެ ފޭސް 2ގެ އުތުރުފަޅިއާ ހުޅަނގު އުތުރުފަޅި އާއްމުންނަށް ބަންދުކޮށްފައި އޮތް ނަމަވެސް ފަހުން އެ ސަރަހައްދުތަކަށް އާއްމުން ވަނުން އިތުރުވެފައިވެއެވެ.
26 Dec 2023
ޚަބަރު
ރައީސް މުއިއްޒު ކުރީގެ ރައީސް ވަހީދުއާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
26 Dec 2023
ޚަބަރު
ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި މޮންޓަނޭގްރޯއާއި ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް ދެއްވި ދަޢުވަތަށާއި އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުޙަބާއަށް މިސްޓަރ އެލެކްސާ ބެޗިޗްއަށް ޝުކުރު އަދާކުރެއްވިއެވެ.
26 Dec 2023
ޚަބަރު
ވިލިމާލޭގައި ފައިބަރ މަސައްކަތް ކުރާ ފަރާތްތަކަށް ތިލަފުށިން ބިމެއް
ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ބިމެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
26 Dec 2023
ޚަބަރު
ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް އެއްބަސްވެއްޖެ
ރާއްޖެއަށް ލިބޭ 1000 ހައްޖު ކޯޓާ، ޙައްޖު ކޯޕަރޭޝަނާއި، ހަވާލުކުރުމަށް ނިންމާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
26 Dec 2023
ޚަބަރު
މަވޯޓާ ޝަރީފް އަނެއްކާވެސް އެމްޑީޕީން ވަކިވެވަޑައިގެންފި
އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެން އެޕާޓީގެ ޗެއަރޕަރސަންއަށް ފޮނުއްވާފައިވާ ސިޓީގައި ބަޔާން ކުރައްވާފައި ވަނީ، އެމްޑީޕީން ވަކިވެ ވަޑަިއގެންނެވީ އޭނާގެ ދާއިރާއަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
26 Dec 2023
ޚަބަރު
އެލްޖީއޭގެ ސީއީއޯއަކަށް ކުރީގެ މިނިސްޓަރި ޒުލްފާ އަައްޔަނުކުރައްވައިިފި
ޑރ. މަރިޔަމް ޒުލްފާ މި މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
26 Dec 2023
ޚަބަރު
ސުނާމީގެ ހަނދާނީ ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ސުނާމީ ކާރިސާގެ ހަނދާނީ ސްކޫތުގައި ބައިވެރިވިމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކުރިން ހުރަވީ ބިލްޑިންގ ހުރި ބިމުގައެވެ. އެތަނުގައި ގެނައި ސްކޫތުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާއި، އެ ސަރަހައްދުގައި ހުރި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.
25 Dec 2023
ޚަބަރު
ދޯންޏަކުން ޑައިވިނަށް ފޭބި ބިދޭސީއަކު ނިޔާވެއްޖެ
ފަހިމަގު-303 ދޯނީގެ ފަޅުވެރިންނާއި ހަވާލާދީ އާސިފް ވިދާޅުވީ، ބިދޭސީ މީހާގެ ހާލު ދެރަވީ ޑައިވިނަށް ފައިބައިގެން އުޅެނިކޮށް އޭނާއަށް ޞިއްޙީ މައްސަލަތަކެއް ދިމާވީއެވެ.
25 Dec 2023
ޚަބަރު
މިރޭ ދަންވަރު 1:00 އިން ފެށިގެން ބުރިޖުގެ އެއްލޭނު ބަންދުވާނެ- ފުލުހުން
ފުލުހުން ބުނީ، ބުރިޖުގެ އުތުރުފަޅީގެ ދެލޭން ބަންދުކޮށްފައި އޮންނަ ވަގުތުގައި، ދެކޮޅަށް ދުއްވޭގޮތަށް ބުރިޖުގެ ދެކުނު ފަރާތު ދެލޭން ހުޅުވާލާނެ ކަމަށެވެ. އެއީ މިހާރު ހުޅުމާލޭ ކޮޅުން މާލެއަށް ދަތުރުކުރަން އޮންނަ ފަޅިއެވެ. އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް ބުރިޖުން ދަތުރުކުރާ ފަރާތްތަކުން އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.