Advertisement

ފޮޓޯ: އެމްއެންޔޫ

27 Dec 2023
ޚަބަރު

މަސްވެރިކަމުގެ ކޮލެޖް ޤާއިމްކުރަން އެއްބަސްވެއްޖެ

މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޤައުމީ ޔުނިވަރސިޓީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު މި ދާއިރާ ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިޤްތިޞާދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި މި ކޮލެޖް ވެގެންދާނީ މިކަމަށް މަގު ފަހިވެގެންދާނެ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުޤީ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީއަކީ 50 އަހަރުގެ ތާރީޚެއް އޮތް މުއައްސަސާއެއްކަމަށެވެ. އެކި ރޮނގު ރޮނގުން ތައުލީމާއި ތަމްރީން ލިބޭނެ މަގު ޤައުމީ ޔުނިވަރސިޓީގައި ޤާއިމްވެފައިވީނަމަވެސް މަސްވެރިކަމުގެ ސިނާއަތުން މި ތަމްރީން ލިބޭނެ މަގު ފަހިވެފައިނުވާކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ކޮލެޖާއެކު މަސްވެރިކަމުގެ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށާއި މިއީ ވަރަށް މުހިންމު ކޮލެޖަކަށް ވެގެންދާނެކަމަށް ޗާންސެލަރ ވިދާޅުވިއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.