Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

27 Dec 2023
ޖުމްހޫރީ ޕާާޓީ

މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ، ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖޭޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރުމަށް ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ ފުރުޞަތު އިއްޔެ ވަނީ ހަމަވެފައެވެ. 

އެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މެންބަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 25ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު، އެ ފަރާތެއްގެ ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުމަށް ޖޭޕީން ވަނީ އެދިފައެވެ.

ޖޭޕީން ބުނީ މުއްދަތު އިތުރުކުރީ މިދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްކޮޅާ ގުޅިގެން ރާއްޖެއާއިން ބޭރަށާއި އަތޮޅުތަކުގެ ރަށްތަކަށް ގިނަބަޔަކު ދަތުރުކުރަންޖެހޭ ދުވަސްވަރަކަށް ވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތަށް އެދި ހުށައަޅަން ލިބުނު މުއްދަތުގައި ފޯމް ހުށައެޅުމަށް ގިނަ މީހުންނަށް ދަތިވާތީކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.