ޚަބަރު
ޚަބަރު
24 Dec 2023
ޚަބަރު
ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި، އެކަމަކު އަދި ވަޅެއް ނުލާ
ފުލުހުންގެ އިދާރާއިން ވިދާޅުވީ އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު، ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ، މިމަހުގެ 22 ވަނަ ދުވަހުގައި ކަމަށާއި، އެހެން ނަމަވެސް ކުއްޖާގެ ހަށިގަނޑު އަދިވަޅުލާފައި ނުވާ ކަމަށެވެ. އެމައްސަަލައިގެ ތަޙްޤީޤުތައް ފުލުހުން ކުރިޔަށް ގެންދާއިރު، ޕޯސްޓް މޯޓަމް ހެދުމަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުނުލައި އޮތް ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
23 Dec 2023
ޚަބަރު
ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ފައިލޭރިއާއަށް އިތުރު މީހުން ޓެސްޓްކުރަން ތައްޔާރުވަނީ
އެޗްޕީއޭއިން ބުނީ، ހުކުރު ދުވަހު ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ، މައިގްރޭޓް ފެއާގައި ފައިލޭރިއާއަށް ޓެސްޓްކުރި 13 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. ހުޅުމާލެ އާއި މާލެ އަދި ވިލިމާލެއާ ތިލަފުށީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭއިން، ޓެސްޓް ކުރެވުނު 13 މީހުންގެ ތެރެއިން އެކަކު ޕޮސިޓިވްވުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.
23 Dec 2023
ޚަބަރު
ނައީޝް ގެއްލުނުތާ 2 ދުވަސް، ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި
ނައީޝް ގެއްލުނުތާ 2 ދުވަސް ވީއިރު، އެމްއެންޑިއެފުން ބުނީ، އޭނާ ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ.
23 Dec 2023
ޚަބަރު
ބޯލްކަންގެ ޤައުމެއް ކަމަށްވާ މޮންޓެނީގްރޯއަށް ނައިބު ރައީސް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅަކީ، ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގެ ތަޤުރީރު ކުރެއްވުމަށް ކުރައްވާ ދަތުުރުފުޅެކެވެ. އަދި މިކޮންގްރެސްގައި ތަޤުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދައުވަތު އަރުވާފައި ވަނީ، ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
23 Dec 2023
ޚަބަރު
ޑައިވްކޮށްގެންނާއި ވައިގެ މަގުންވެސް ބަލައިފި، ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
އެމްއެންޑީއެފުން ބުނީ، މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުން ވަނީ މިއަދު އެ ސަރަަހައްދުގައި ހަރަކާތްތެރިވެފައި ކަމަށެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ފްލައިން ސްކޫލުގެ ކުޑަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެމަގުން އެސަރަހައްދު ވަނީ ބަލާފައެވެ.
23 Dec 2023
ޚަބަރު
މިނިސްޓަރ އާދަމް ޝަރީފަށް ރުހުން ނުދޭނެކަމުގެ އިޝާރާތެއް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު މިރޭ ވިދާޅުވެއްޖެއެވެ.
23 Dec 2023
ޚަބަރު
ފުރަތަމަ ނޫހަށް މޮޅެއް، ސަރުކާރަށް ބޮޅެއް، ފުރަތަމަ ނޫހުގެ ވެބްސައިޓް އަންބްލޮކްކޮށްފި
ސަރުކާރުން އަންގައިގެން ރާއްޖޭގެ، ސަރވިސް ޕްރޮވައިޑާ މެދުވެރިކޮށް ސަރުކާރަށް ފާޑުކިޔާ ބައެއް އޮންލައިން ނޫސްތައް ބަންދުކުރުުމަށްފަހު އޭގެ ހުއްޖަތެއްކަމުގައި ދެއްކީ ރެޖިސްޓްރީ ނުކޮށް ނޫސްތައް ހިންގަމުން ދިޔުމެވެ. އަދި އެކަމުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.
22 Dec 2023
ޚަބަރު
އިސްލާމީ މަރުކަޒުގެ ހުރިހައި ފަންގިފިލާއެއްގައި ޙުޠުބާ ފެންނާނެގޮތައް ޓީވީ ބަހައްޓަނީ
އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއަކަށް އިމާމު މީހާ ޙުޠުބާ ދޭއިރު ފެންނަގޮތަށް ސްމާރޓް ޓީވީ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
22 Dec 2023
ޚަބަރު
ތުރުކީން ރާއްޖެއަށްދޭ 30 ސްކޮލަރޝިފަށް ހުޅުވާލައިފި
ތުރުކީވިލާތުން ރާއްޖެއަށް ދޭ 30 ސްކޮލަރޝިޕްގެ ފުރުސަށް ކުރިމަތިލާން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
22 Dec 2023
ވިޔަފާރި
އައު އަހަރަށް 2 ދުވަހަށް ބޭންކުތައް ބަންދުކުރަނީ
އައު އަހަރާއި ދިމާކޮށް 2 ދުވަހަށް ބޭންކުތައް ބަންދުކުރުމަށް ނިންމައިފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މިމަހުގެ 31 ވަނަ ދުވަހާއި ޖެނުއަރީ 1ވަނަ ދުވަހު ބޭންކް ބަންދުވާނެއެވެ.
22 Dec 2023
ޚަބަރު
ބައި-އިލެކްޝަންސް ތަކުގައި ހަރަކާތްތެރިވުމަށް 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ
މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
22 Dec 2023
ޚަބަރު
ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫހެއްގެ ވެބްސައިޓްވެސް ބްލޮކްކޮށްފި
ސަރުކާރުން ބްލޮކްކޮށްފައިވާ ވެބްސައިޓްތަކުގެ ތެރޭގައި ރާއްޖޭގައި އޮންލައިންކޮށް ޝާއިއުކުރަމުން އަންނަ ނޫސް "ފުރަތަމަ" ހިމެނޭކަން އެނޫހުގެ ފޭސްބުކް ޕޭޖުގައި ވަނީ ހާމަކޮށްފައެވެ.
22 Dec 2023
ޚަބަރު
ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާޢިއު ކުރަމުން ދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފި
ވެބްސައިޓްތައް ބްލޮކް ކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމުގައިވެސް ޝަހީބު ކުރެއްވި އެކްސްގައި ލިޔުއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
22 Dec 2023
ޚަބަރު
އިހި ނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ
އެމްއެންޑިއެފުން ހާމަކުރައްވާފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ، ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް(18އ)އެވެ. އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތުން އުރަފަށަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށް އޭނާ ގެއްލުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ، ރޭ 22:10 ހާއިރުގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
21 Dec 2023
ކުޅިވަރު
ފީފާ އާއި ޔޫއެފާއިން އީޔޫގެ ގާނޫނާ ހިލާފުވެއްޖެކަމަށް މަތީ ކޯޓުން ނިންމައިފި
ފުޓުބޯޅައިގެ މައި އިދާރާ ފީފާ އާއި ޔޫރަޕްގެ ފުޓުބޯޅަ އިދާރާ ޔޫއެފާ އިން ސުޕާ ލީގު މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ގާނޫނާ ހިލާފުވެފައިވާކަމަށް، ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން މިއަދު ނިންމައިފިއެވެ. މި ނިންމުމަކީ ޔޫރަޕްގެ ކްލަބް މުބާރާތްތަކަށާއި ދުނިޔޭގެ ބޮޑެތި ކްލަބްތަކާއި ވަރަށް ބޮޑަށް ގުޅުންހުރި ނިންމުމަކަށް ވެދާނެކަމަށް ބެލެވެއެވެ.
21 Dec 2023
ޚަބަރު
ފުށި ދިއްގަރުފަޅު ހިއްކަނީ ސީއެމްސީއަށް ވިލިމާލޭގެ ތިން ރަށްވަރުގެ ބިން ހިލޭ ދީގެންކަމަށް އާބަންކޯއިން ބުނެފި
އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނގެ މެނޭޖިންގ ޑައިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، އެމަޝްރޫޢުގެ ބަދަލެއްގެ ގޮތުން ސީއެމްސީއަށް ދޭން ނިންމާފައި ވަނީ، ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން ހިއްކާބިމުން 60 ހެކްޓަރުގެ ބިންކަމަށެވެ. އެބޮޑު މިނަށް ބަލާނަމަ އެއީ މާލޭގެ އެއް އަވަށްކަމުގައިވާ ވިލިމާލޭގެ ތިން ވިލިމާލެ އެއްކޮލުމުން އޮންނަ ވަރުގެ ބޮޑުބިމެކެވެ.