ޚަބަރު
19 Dec 2023
ޚަބަރު
ފައިލޭރިއާ ދެނެގަނެ، ކޮންޓްރޯލްކުރުމަށް ޙާއްސަ ޓާސްކް ފޯސްއެއް
ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައިވާތީ، އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅަކުރުމުގެ ގޮތުން ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސްކްރީން ކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
19 Dec 2023
ޚަބަރު
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހައްޖު ޖާގައަށް އެދުމަށް އަލުން ހުޅުވާލައިފި
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށައެޅުމުގެ ފުރުސަތު ޙައްޖު ކޯޕަރޭޝަނުން އަލުން ހުޅުވާލައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ޢާއްމުކުރި ޢިއުލާނެއްގައި ވިދާޅުވީ މިފުރުސަތު އަލުން ހުޅުވާލީ 1445 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔުމަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް އެކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންކަމަށެވެ. މީގެ ކުރިން އަމިއްލަ ބައެއް ކުންފުނިތަކަށް ޙާއްޖު ކޯޓާ ދިންނަމަވެސް، މީގެ ފަހުން ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމި ނިންމުމާއެކު ޙައްޖަށް ގެންދެވޭ ބަލި މީހުންގެ ޢަދަދުވެސް އިތުވާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
19 Dec 2023
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރަސްމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ބޭނުމެއް ނުކުރެވޭނެ!
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެއަކީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ކަނޑައަޅުއްވާނެކަމަކަށެވެ. މިގޮތުން އަދި މުޅި ސިޓީ ހިންގުމުގައި ވެސް ބޭނުންކުރާނީ ޢިއާދަކުރަނިވި ޙަކަތަކަމުގައި ހައްދަވާނެ ކަމަށާއި، ރަސްމާލޭގައި ދުއްވާ އުޅަނދުފަހަރު ވެސް ވާނީ ތިމާވެށްޓާއި ރައްޓެހި ޙަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
19 Dec 2023
ނައިބް ރައިސް ފައިސަލް ނަސީމް
މުޅިރާއްޖޭގެ ތަރައްޤީގައި އާދަމް އާޒިމް ވެދެއްވި ޙިއްޞާ ވަރަށް ބޮޑު: ކުރީގެ ނައިބު ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި، ވިދާޅުވީ އާދަމް އާޒިމްއަކީ، މަސައްކަތް ކުރެއްވި ކޮންމެ ތަނެއްގައިވެސް ނަތީޖާ ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އާޒިމްއަކީ މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެންމެ ޤާބިލް ކެންޑިޑޭޓްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
19 Dec 2023
ޚަބަރު
މަންމައަށް ތޫނު އެއްޗަކުން ހަމަލާދިން ދަރިފުޅަށް އައިޖީއެމްއެޗްގައި ފަރުވާދެނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 51 އަހަރުގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާދިން ދަރިފުޅަކީ، 25 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ ނަފްސާނީ މައްސަަލަތައް ހުރި މީހެއް ކަމަށެވެ. އެހެންވެ އޭނާ ހައްޔަރެއް ނުކުރެއެވެ.
19 Dec 2023
ޚަބަރު
އާޒިމްއަށް ތާއީދު ހޯއްދަވައި ދެއްވުމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އާޒިމްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންފި
މިރޭ ހުޅުމާލެ ރުއްގަނޑު 1 ގައި އޮތް، ފެހި ތަނަވަސް މާލެ، ބޮނޑިބަތް އިވެންޓް ޝަރަފްވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިއީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހުގައި ފައިޞަލް ނަސީމް އެމްޑީޕީގެ ޕޯޑިއަމްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
19 Dec 2023
ޚަބަރު
ފުށިދިއްގަރުފަޅު ތަރައްޤީ ކުރާނީ ޒީރޯ ކާރބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް: ރައީސް
ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވީ، އެރަށް ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން ކަމަށެވެ. އަދި މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެގޮތަށް ބިންހިއްކައިގެން ތަރައްޤީކޮށްފައި އޮތް ހަމައެކަނި ރަށަކީ ކޮޅުމަޑުލު ވިލުފުއްޓެވެ. ސުނާމީއަށްފަހު، ސޭފްއައިލެންޑް ކޮންސެޕްޓްގެ ދަށުން ވިލުފުށި ތަރައްޤީކޮށް އަލުން އާބާދުކުރީ ރައީސް މައުމޫނުގެ ސަރުކާރުންނެވެ.
18 Dec 2023
ޚަބަރު
އާޒިމް ސަންގު ޓީވީގެ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުަމަށް ނިންމެވީ މިނިވަން މޮޑާރޭޓަރެއް ނެތުމާއި، ހަތަރު ދުވަހަށް ބަހުސްކުރިޔަށްދާތީ: އެމްޑީޕީ
ހަތަރު ރެއަށް ދެމިގެންދާގޮތަށް ސަންގު ޓީވީ އިންތިޒާމްކުރި ބަހުސްގައި މިރޭގެ މައުލޫއަކަށް ކަނޑައަޅާފައި އޮތީ ބޯހިޔާވަހިކަމެވެ. އަދި ބަހުސްގައި އާޒިމް ބައިވެރިވެވަޑައި ނުގަންނަވާނެކަން ދުރާލައި އެމްޑީޕީން ވަނީ ސަންގުޓީވީއަށް އަންގާފައެވެ.
18 Dec 2023
ޚަބަރު
މުސްކުޅި މަންމައަށް ތޫނުއެއްޗަކުން ހަމަލާދިނީ ނަފްސާނީ ބަލިހުރި ދަރިއެއް: ފުލުހުން
18 Dec 2023
ޚަބަރު
މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިނުން ކުއްވެރިކޮށް އެމައްސަލަ ބެލުމަށް އެމްޑީޕީން ގޮވާާލައިފި
އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން މި ޕާޓީން ހަރު އަޑުން ކުއްވެރިކުރާކަމަށެވެ. އަދި ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
18 Dec 2023
ޚަބަރު
ރައީސް އޮފީހުގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ރައީސް ޞާިލޙްގެ ފޮޓޯތައް ނުފެންނަގޮތް ހަދައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް، ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށާއި، ކުރީ ސަރުކާރުގެ ދުވަސްވަރުގެ ފޮޓޯތައް އާއްމުންނަށް ނުފެންނަ ގޮތަށް މިހާރު ހުރީ އާކައިވްކޮށްފައި ކަމަށެވެ. އަދި ފޮޓޯތައް ޑިލީޓްކުރީ ނޫންކަމުގައިވެސް ޚަލީލު ވިދާޅުވިއެވެ.
18 Dec 2023
ޚަބަރު
ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު "ރަސް މާލެ"ގެ ނަމުގައި ހިންގުމަށް ފުށިދިއްގަރު ފަޅުގެ ބިން ހިއްކަން ފަށައިފި
18 Dec 2023
ވިޔަފާރި
އިއްތިހާދު އެއަރވޭސްގެ ދަތުރުވެރިންނަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 16 މަންޒިލަކަށް
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި އިއްތިހާދު އެއާވޭސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިގޮތައް ހަމަޖައްސާފައިވަނީ އިއްތިހާދު އެއާވޭސާއެކު ސޮއިކުރި އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ.
18 Dec 2023
ޚަބަރު
"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
18 Dec 2023
ޚަބަރު
ގދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި ނައިބު ރައީސް ބައްދަލުކުރައްވައިފި
ގދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
18 Dec 2023
ޚަބަރު
މމަޖިލީހުގެ ނިންމުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް ވިދާޅުވެ ޤާސިމް ތަޅުމުގައި އަޑުގަދަ ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުތައް، ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްގައިވެސް ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އެއީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙްތަކެއް ކަމަށެވެ.