Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

18 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް އޮފީހުގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ރައީސް ޞާިލޙްގެ ފޮޓޯތައް ނުފެންނަގޮތް ހަދައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހުރި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފޮޓޯތަކާއިއެކު އެ އެކައުންޓްގައި ހުރި ކުރީ ސަރުކާރުގެ ހުރިހާ ފޮޓޯއެއް ނުފެންނަގޮތް ހަދައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ އިންސްޓަގްރާމްގައި ހުރި ފޮޓޯތައް ފޮހެލުމުގެ އިތުރުން، ކުރީ ސަރުކާރުގެ ދުވަސްވަރު ސަރުކާރުގެ މަޝްރޫއުތަކާއި އަދި ސަރުކާރުގެ ހަރަކާތްތަކާއި ގުޅޭ މައުލޫމާތުތައް ގެނެސްދިނުމަށް ބޭނުން ކުރި، ގަވްއެމްވީގައި ހުރި ހުރިހާ ޕޯސްޓްތަކެއްވެސް މިހާރު ވަނީ ޑިލީޓްކޮށްފައެވެ.

މިކަމާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް، ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ބެއްލެވި ކަމަށާއި، ކުރީ ސަރުކާރުގެ ދުވަސްވަރުގެ ފޮޓޯތައް އާއްމުންނަށް ނުފެންނަ ގޮތަށް މިހާރު ހުރީ އާކައިވްކޮށްފައި ކަމަށެވެ. އަދި ފޮޓޯތައް ޑިލީޓްކުރީ ނޫންކަމުގައިވެސް ޚަލީލު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓަކީ، 8027 މީހުން ފޮލޯކުރާއެކައުންޓެކެވެ. އަދި ގަވްމެންޓްއެމްވީ (ގަވްއެމްވީ)އަކީ، 2958 މީހުން ފޮލޯކޮށްފައިވާ އެކައުންޓެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.