Advertisement

މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕޭން އިވެންޓްގެ ތެރެއިން --

18 Dec 2023
ޚަބަރު

އާޒިމް ސަންގު ޓީވީގެ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުަމަށް ނިންމެވީ މިނިވަން މޮޑާރޭޓަރެއް ނެތުމާއި، ހަތަރު ދުވަހަށް ބަހުސްކުރިޔަށްދާތީ: އެމްޑީޕީ

އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރައްވާ އާދަމް އާޒިމް، ސަންގު ޓީވީގެ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުަމަށް ނިންމެވީ މިނިވަން މޮޑާރޭޓަރެއް ނެތުމާއި، ހަތަރު ދުވަހަށް ބަހުސްކުރިޔަށްދާތީކަމުގައި، އެމްޑީޕީން ބުނެފިއެވެ.

ހަތަރު ރެއަށް ދެމިގެންދާގޮތަށް ސަންގު ޓީވީ އިންތިޒާމްކުރި ބަހުސްގައި މިރޭގެ މައުލޫއަކަށް ކަނޑައަޅާފައި އޮތީ ބޯހިޔާވަހިކަމެވެ. އަދި ބަހުސްގައި އާޒިމް ބައިވެރިވެވަޑައި ނުގަންނަވާނެކަން ދުރާލައި އެމްޑީޕީން ވަނީ ސަންގުޓީވީއަށް އަންގާފައެވެ.

އާދަމް އާޒިމް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބު ހާމަކޮށް އެމްޑީޕީން ބުނީ، އެގޮތަށް ނިންމެވުމުގެ ސަބަބަކީ ސަންގުޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމާއި، އިންތިޚާބު އޮންނަދުވަސް މިހާ ކުޑަތަންވެފައިވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި މޭޔަރ ކެނޑިޑޭޓް ތާށިވުމަކީ ކެންޕޭނުންގައި ދެންކުރަން ހުންނަކަންތައްތަކަށް އަސަރުކުރާކަނެކަމަކަށްވާތީ ކަމަށެވެ. 

އެހެން ނަަމަވެސްމިޕާރޓީގެ މެޔަރ ކެނޑިޑޭޓް އާދަމް އާޒިމް 6 ޖެނުއަރީ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްއެމްގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނަވާނެކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ސަންގުޓީވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިޔަށް ގެންދިޔަ ބަހުސްގައިވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ތަފާތުކޮށް، މޮޑަރޭޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އަމަލުކުރިކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބު ވުމަށްފަހުގައި، ސަންގު ޓީވީގެ ބަހުސް މޮޑަރޭޓްކުރެއްވި އިބްރާހިމް ވަހީދު (އަސްވާޑު) ވަނީ، ޔޫތު މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައެވެ.

ސަންގުޓީވީގެ ބަހުސް މިރޭ ކުރިޔަށް ދިޔަ ވަގުތުގައި ހުޅުމާލެ ރުއްގަނޑު 1ގައި އާދަމް އާޒިމްގެ ކެމްޕޭން ހަރަކާތެއް ކުރިޔަށް ދިޔައެވެ. އެ ހަރަކާތުގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.