Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Dec 2023
ޚަބަރު

ރާއްޖޭގައި އުޅޭ ހުރިހައި ބިދޭސީންގެ މައުލޫމާތު 1 އަހަރުތެރޭ އެއްކުރާނަން: ވަޒީރު

ރާއްޖޭގެ މިވަގުތު ދިރިއުޅޭ ބިދޭސީންގެ އަދަދުތަކާއި އެމީހުންގެ ތަފްސީލީ މަޢުލޫމާތުތައް، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް، ފުރިހަމަކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

 ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވީ، އެކިއެކި މަސައްކަތްތަކުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސައްޙަ މަޢުލޫމާތު ރައްކާކުރެވިފައި ހުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ބޮޑު މަސައްކަތެއްކަމަށެވެ. މި އޮޕަރޭޝަނަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއާއި އިމިގްރޭޝަން އަދި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ފަށާފައިވާ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޙުސާން ވިދާޅުވީ، މަސައްކަތްތެރިން ގެންނަ ކުންފުނިތަކުން ބިދޭސީންނާއި ގުޅޭ މަޢުލޫމާތު ގަވައިދުން ބެލެހެއްޓުމާއި، ކަމާއި ގުޅުންހުރި ފަރާތްތަކަށް ޖަވާބުދާރީ ވުމުގެ މަސައްކަތް ކުރާ މީހުން ނިސްބަތުން ވަރަށް މަދުކަމަށެވެ. އެގޮތުން މި މަޢުލޫމާތު ޤަވާއިދުން ބަލަހައްޓަނީ ގާތްގަނޑަކަށް %36 މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތްތެރިންގެ ކަންކަން ގަވައިދުން ކުރިއަށްގެންދަނީ %50 މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ވޯކް ޕަރމިޓް ދޫކުރެވި މަސައްކަތް ކުރަމުންދާ ބިދޭސީގެ އަދަދުކަމަށް ނިޒާމުގެ ތެރެއިން ފެންނަންހުރީ 139000އެއްހާ މީހުންނެވެ. މީގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެޢަދަދަކީ 90634 އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.