ޚަބަރު
ޚަބަރު
17 Dec 2023
ޚަބަރު
ސްޓެލްކޯގެ އިމާރާތްތަކެއް ނަގައި، ދޮންއަނދަރާދަ މަގު ހުޅުވާލަނީ
ސްޓެލްކޯގެ ބޭނުމަށް އެމަގު ބަންދުކޮށްފައި ވަނީ ސްޓެލްކޯގެ ފޯތު ޕަވަރ ޕްލާންޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ދިޔައިރު 2010 ވަނަ އަހަރުގައެވެ. އެމަގު އޭރު ބަންދުކުރުމަށްފަހު އިރުމަތިން އޮތް ކޮށި ސްޓެލްކޯއަށް އެއްކޮށްލައި އެބިމުގައި ވަނީ، އިމާރާތްތަކެއްވެސް ކޮށްފައެވެ. ސްޓެލްކޯއިން ބުނީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގެ ޓްރެފިކްފްލޯއަށް ލުޔެއް ހޯދައިދިނުމަށްޓަކައިކަމަށެވެ.
17 Dec 2023
ޚަބަރު
އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރުކަމަށް ކަނޑައަޅައިފި
ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ އަދަދަކީ 100 މިލިއަން ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި މިއަދު ރައީސް އޮފީހުން ނެރުއްވި ޤަރާރެއްގައި ވަނީ މިގޮތައް ބަދަލުކުރައްވާފައެވެ.
17 Dec 2023
ޚަބަރު
ބީއެމްއެލްގެ އެމްޕްލޯއީ ސްޓަރ އެވޯޑްސް 20 މުވައްޒަފަކަށް
މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދޭ 'އެމްޕްލޯއީ ސްޓަރ އެވޯޑްސް' 20 މުވައްޒަފަކަށް ދީފިއެވެ. ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ އެވެ.
17 Dec 2023
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޕީޖީގެ ވަކީލު، ޝަފީޢުއާ ގުޅޭ ގޮތުން ނޫސްތަކުން ފެތުރިވާހަކަތައް އޭނާ ދޮގު ކުރައްވައިފި
ޝަފީޢުގެ ފޭސްބުކް ޕޭޖުގައި އޭނާ ލިޔުއްވި ޕޯސްޓެގައި ވަނީ، އޭނާ އާއި ގުޅޭ ގޮތުން މި ނިމުނު ހަފްތާގެ ތެރޭގައި ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކުގެ ތެރޭގައި ހިމެނޭ ފަސްކަމެއް ފާހަގަކުރައްވައި އެކަންކަން ދޮގުކުރައްވާފައެވެ.
17 Dec 2023
ޚަބަރު
ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުުވުމަށް ވީ ވަޢުދަށް ވަފާތެރިވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އެމަނިކުފާނުގެ ސަރުކާރުން ވީ ވަޢުދަށް ވެސް ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ވަފާތެރިވަމުންކަމަށެވެ. ޝަރުޢީ ދާއިރާއާއި ގުޅޭ ގޮތުން އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އެމަނިކުފާނުގެ ސަރުކާރަށް މިވީ އެއްމަސްދުވަހުގެ ތެރޭގައި، ޝަރުޢީދާއިރާ އިސްލާޙް ކުރުމާއި ގުޅޭ ގޮތުން އަދި ސިޔާސީ ނުފޫޒުން ޝަރުޢީދާއިރާ މިނިވަން ކުރުމާއި ގުޅޭ ގޮތުން ކުރެއްވި އެއްވެސް މަސައްކަތެއް ހާމަކުރައްވާފައެއް ނުވެއެވެ.
17 Dec 2023
ކުޅިވަރު
އިންގްލިޝް ޕްރިމިއަރ ލީގު މެޗެއްގައި ކުޅުންތެރިއަކު ހުއްޓިގެން ދަނޑު މައްޗަށް ވެއްޓިއްޖެ
އިންގްލިޗް ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ އޭއެފްސީ ބޯންމައުތު އާއި ލުޓޯން ޓައުން އެފްސީ ބައްދަލު ކުރި މެޗުގައި، ލުޓޯންގެ ކެޕްޓަން ޓޮމް ލޮކިޔަރ ހުއްޓިގެން ދަނޑުމައްޗަށް ވެއްޓިއްޖެއެވެ. އޭނާ ވެއްޓުމާއެކު މެޑިކަލް ޓީމުން ވަނީ ވަގުތުން ފަރުވާދޭންފަށާފައެވެ.
17 Dec 2023
ޚަބަރު
އަވަހާރަވި ކުވައިތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރައްވާފައިވާ ގޮތުގައި، އުމުރުފުޅުން 86 އަހަރުފުޅުގައި، މިއަދު އަވަހާރަވި ކުވެއިތުގެ އަމީރު އައްޝައިހު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހުގެމައްޗަށް ޣައިބަށް ކަށު ނަމާދުކުރުން އޮންނާނީ، އާދިއްތަ ދުވަހުގެ ރޭގެ ޢިޝާނަމާދަށް ފަހުގައި، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޒަމްގައެވެ.
17 Dec 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލްކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެންނަން އުޅޭ އިސްލާހަށް ރައިސް ޑރ. މުއިއްޒު ނުސީދާ ރައްދެއް ދެއްވައިފި
އިދިކޮޅު ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބު މަޤާމުން ވަކިކުރުވުމުގެ އިޖުރާއަތްތައް އަވަސްކޮށް ފަސޭހަ ކުރުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި، އެކަމަށް ރައްދު ދެއްވާ މޭރުމަކުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
16 Dec 2023
ޚަބަރު
"ބުލީ ކުރުމުގެ މައްސަލައަށް ޓީޗަރުންނާއި ބެލެނިވެރިން ސަމާލުވާންޖެހޭ"
ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
16 Dec 2023
ޚަބަރު
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ޕީޕީއެމްއިން 3 ގޮނޑި ކާމިޔާބުކޮށްފި
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ކެލާ ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑީގެ ބައި އިލެކްޝަންގައި ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް ޚަދީޖާ މައުރިފާ އެގޮނޑި ކާމިޔާބު ކުރެއްވީ، 402 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި، އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ސުދާއަށް ލިބުނީ، 367 ވޯޓެވެ. މީގެ އިތުރުން ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އެގޮނޑި ކާމިޔާބުކޮށްފައި ވަނީ، ޕީޕީއެމްގެ ކެންޑީޑޭޓް މުހައްމަދު އަބޫބަކުރެވެ.
16 Dec 2023
ޚަބަރު
މީހަކު ރަހީނުކޮށް މާރާމާރީ ހިންގުމުގެ ކުށުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދު މުއްދަތު ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބަންދުގެ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން، 25 އަހަރާއި 26 އަހަރާއި އަދި 27 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، އިއްޔެ ކޯޓަށް ހާޟިރުކުރުމުން، 15 އަހަރުގެ މީހާ 12 ދުވަހަށް، އަދި އަނެއް ދެމީހުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ފުލުހުން ދަނީ ތަޙްޤީޤުކުރަމުން ކަމަށެވެ.
16 Dec 2023
ޚަބަރު
ކުވޭތުގެ އަމީތު އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަނީ
16 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
އަދި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ2024 ޖެނުއަރީ 26 އަދި 27 ވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކަމަށާއި، ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުޤުވެރިކަންފާޅުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
16 Dec 2023
ޚަބަރު
މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް
"ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ދޯނި ދަތުރުކުރީ ކ. ތުލުސްދޫން ފުރައިގެން ކ. މާފުށްޓަށް ދަތުރުކުރުމަށެވެ.
16 Dec 2023
ޚަބަރު
ދިގުރަށު ގޮނޑަށް އެއްލާލާފައި ވަނިކޮށް ފެނުނު ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށެވެ.
16 Dec 2023
ޚަބަރު
މާލޭ ސިޓީކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބުކޮށްފި