Advertisement

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ހައްޖަށްދިޔަ ބައެއް މީހުން ---

17 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ލިބޭ ހައްޖުކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި

ރާއްޖެއަށް ލިބޭ ހައްޖުކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއިއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން އެގޮތަށް ހަމަޖެއްސެވީ، ހައްޖުވެރިންގެ ހައްޖަށް ދިޔުމަށް ކުރަންޖެހޭ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށްކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނަށް ލުއިފަސޭހަތަކެއް ވެގެންދާނެކަމުގައިވެސް ޝަހީބު ވިދާޅުވިއެވެ.

ސަރުކާރުން މިނިންމުން ނިންމާފައި މިވަނީ، ސަރުކާރުންދޭ ހައްޖުކޯޓާގައި އަމިއްލަ ކުންފުނިތަކުން ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ މާބޮޑު އަގެއް ނަގައިގެން މީހުން ހައްޖަށް ގެންދިޔުމުގެ މައްސަލަވެސް ބޮޑުވެފައި ވަނިކޮށެވެ.

ސަޢޫދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ ގޮތުން ދެމުން އަންނަނީ 1000 ކޯޓާއެވެ. އޭގެ އިތުރުންވެސް ބައެއް އަހަރުތަކުގައި އިތުރުކޯޓާ ދީފައިވެއެވެ.

މިދިޔަ އަހަރު ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދިން 1000 ކޯޓާގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން 270 ކޯޓާ ދިނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.