ހައްޖު
07 Feb 2024
ޚަބަރު
ޙާޖީންނަށް އެހީތެރިވެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް
ސަޢުދީ ޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިއްޖެއެވެ.
03 Feb 2024
ޚަބަރު
ހައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ
މިއަހަރުގެ ޙައްޖުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.
26 Dec 2023
ޚަބަރު
ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް އެއްބަސްވެއްޖެ
ރާއްޖެއަށް ލިބޭ 1000 ހައްޖު ކޯޓާ، ޙައްޖު ކޯޕަރޭޝަނާއި، ހަވާލުކުރުމަށް ނިންމާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
19 Dec 2023
ޚަބަރު
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހައްޖު ޖާގައަށް އެދުމަށް އަލުން ހުޅުވާލައިފި
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށައެޅުމުގެ ފުރުސަތު ޙައްޖު ކޯޕަރޭޝަނުން އަލުން ހުޅުވާލައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ޢާއްމުކުރި ޢިއުލާނެއްގައި ވިދާޅުވީ މިފުރުސަތު އަލުން ހުޅުވާލީ 1445 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔުމަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް އެކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންކަމަށެވެ. މީގެ ކުރިން އަމިއްލަ ބައެއް ކުންފުނިތަކަށް ޙާއްޖު ކޯޓާ ދިންނަމަވެސް، މީގެ ފަހުން ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމި ނިންމުމާއެކު ޙައްޖަށް ގެންދެވޭ ބަލި މީހުންގެ ޢަދަދުވެސް އިތުވާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
17 Dec 2023
ޚަބަރު
ރާއްޖެއަށް ލިބޭ ހައްޖުކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން އެގޮތަށް ހަމަޖެއްސެވީ، ހައްޖުވެރިންގެ ހައްޖަށް ދިޔުމަށް ކުރަންޖެހޭ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށްކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނަށް ލުއިފަސޭހަތަކެއް ވެގެންދާނެކަމުގައިވެސް ޝަހީބު ވިދާޅުވިއެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
13 Nov 2023
ޚަބަރު
ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަ ހައްޖު ކޯޓާއެއް
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.