Advertisement

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ބައެއް މީހުން މައްކާގައި ---

23 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މާދަމާ އަންނަން ފަށާނެ!

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މާދަމާއިން ފެށިގެން އަންނަ ފަށާނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ މީހުން މާލެ އަންނާނީ މާދަމާ އެވެ. ހަތަރު ގުރޫޕަކަށް ބަހާލައިގެން މީހުން އަންނަ އިރު، ހައްޖަށް ދިޔަ މީހުންގެ ދެވަނަ ގުރޫޕްގައި ހިމެނޭ މީހުން މާލެއަންނާނީ، މިޖޫން މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ތިންވަނަ ގުރޫޕްގައި ހިމެނޭ މީހުން ޖުލައި 1 ވަނަ ދުވަހު މާލެ އަންނައިރު، އެންމެ ފަހު ގުރޫޕްގެ މީހުން މާލެ އަންނާނީ ޖުލައި މަހުގެ 4 ވަނަ ދުވަހުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ޙައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އެދޭ ކަަމަށެވެ.

ރާއްޖެއިން މިއަހަރު 1150 މީހުން ހައްޖަށް ގޮސްފައިވެއެވެ. އެ އެންމެންނަކީވެސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ހައްޖަށްދިޔަ މީހުންނެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންނަށް މިނާގެ ފޭލިގެތަކުގައި އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތާއި މެދު ފާޑުކިޔުންތައް އަމާޒުވެފައިވެެއެވެ. އަދި މިނާގެ ފޭލިގެ ތަކުގައި ދިވެހިހައްޖާޖީން ވަރަށް ބޮޑަށް ތޮއްޖެހިގެން ތިބެން ޖެހުނު މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެއެވެ.

އެހެން ނަމަވެސް ހައްޖުގެ އިންތިޒާމްތަކާއި މެދު ހައްޖުވެރިން ހިތްހަމަޖެހޭކަމަށް ބުނެ ދީފައިވާ ބަސްދީގަތުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އެމިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓް ކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.