Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

13 Nov 2023
ޚަބަރު

ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަ ހައްޖު ކޯޓާއެއް

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް 1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5 ޖާގަ ޚާއްސަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

މިޖާގަ ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް "ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް" ފުރުމަށްފަހު އެފޯމާއެކު ހުށައަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އަކާއި ހައްޖު ކޯޕަރޭޝަންގެ އިޢުލާނާއި އެކު ޝާއިއު ކޮށްފައިވާ "ހެލްތް ސަރޓިފިކޭޝަން ފޯމް" ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ފޯމުތައް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީޚަކީ 24 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.