Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Dec 2023
ޚަބަރު

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހައްޖު ޖާގައަށް އެދުމަށް އަލުން ހުޅުވާލައިފި

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށައެޅުމުގެ ފުރުސަތު ޙައްޖު ކޯޕަރޭޝަނުން އަލުން ހުޅުވާލައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ޢާއްމުކުރި ޢިއުލާނެއްގައި ވިދާޅުވީ މިފުރުސަތު އަލުން ހުޅުވާލީ 1445 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔުމަށް ލިބޭ ޙައްޖު ކޯޓާ އެއްކޮށް އެކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންކަމަށެވެ.  މީގެ ކުރިން އަމިއްލަ ބައެއް ކުންފުނިތަކަށް ޙާއްޖު ކޯޓާ ދިންނަމަވެސް، މީގެ ފަހުން ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމި ނިންމުމާއެކު ޙައްޖަށް ގެންދެވޭ ބަލި މީހުންގެ ޢަދަދުވެސް އިތުވާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާގެ ތެރެއިން %5 އަކީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންނަށް ޚާއްޞަ ޖާގަކަމަށެވެ. މިގޮތުން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ 50 މީހުންނަށް ޖާގަ ދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މިއުސޫލުގެ ދަށުން މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހާއިހަމައަށް ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ޖާގަ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ މީހުން ޚާއްސަ ޖާގައަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ. މިގޮތުން ހުށައެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި ޚާއްސަ ޖާގައަށް އެދި ނޮވެމްބަރު މަހުގައި އެދުނު ފަރާތްތަކުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ.

ޚާއްސަ ޖާގަތަކަށް އެދި ހުށައަޅާއިރު ހުށައަޅަންވާނީ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމާއެކުއެވެ. މިފޯމް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓުން ލިބޭނެއެވެ. ހަމައެއާއެކު ބަލި މީހާގެ ހެލްތު ސެޓްފިކެޓްތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށައަޅަންޖެހެއެވެ.

ރާއްޖެއިން ޙައްޖަށް ދިޔުމަށް އެދި ޙައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީގައި 6000 އަށްވުރެ ގިނަ މީހުން ތިބިއިރު މީގެތެރެއިން 4700 އަށްވުރެ ގިނަ މީހުން ތިބީ ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.