Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

05 Dec 2023
ޚަބަރު
ނޫން

ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިސްލާމްދީނުގައި ހައްޖު ފަރުޟުވެގެން ވަނީ އެކަމަށް ކެރިކުޅަދާނަކަށް ލިބިގެންވާ މީހުންނަށް ކަމަށް ވީނަމަވެސް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި 1000 މީހުން ހައްޖަށް ފޮނުވައިދިނުމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުރިހަމަކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ފަރުޟު ހައްޖު ވާޖިބު ނުވާ، ފަޤީރުންގެ ތެރެއިން 50 މީހަކު، ރައްޔިތުންގެ ފައިސާއިން ހޭދަކޮށްގެން ސަރުކާރުގެ ޚަރަދުގައި ހިލޭ މިއަހަރު ހައްޖަށް ފޮނުވުމަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަންއިޢުލާނު ކުރެއްވީ މިއަދު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމުނު ނިންމުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއަހަރު 50 މީހުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވި ނަމަވެސް، އަންނަ އަހަރުންފެށިގެން އެއަދަދު އިތުރު ކުރައްވާނެ ކަމުގައެވެ. އަދި އުއްމީދަކީ 5 އަހަރުގެ ދައުރުގެ ތެރޭގައި 1000 މީހުން ހައްޖަށް ފޮނުވުމަށްފަހުގައިވެސް އެކަމަކީ މެދުނުކެނޑި ދާއިމީ ގޮތެއްގައި ކުރިޔަށް ގެންދެވޭ ކަމެއްގެ ގޮތުގައި ހެއްދެވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވައިދޭނޭ މީހުން ކަނޑައެޅުމުގައި ބަލާނީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެކަމާއި ގުޅޭ އުސޫލެއް އެކުލަވާލައްވައި ގެޒެޓް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހައްޖު ވާޖިބު ނުވާ ފަޤީރުންނާއި ނިކަމެތީން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވައި ދިނުމަކީ، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ހިނގަމުން އައި ކަމެކެވެ.

ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އެކަމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހައްޖު ކޯޓާ ކަނޑައެޅުއްވުމުގައި ކޮންމެ އަހަރަކުވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް 100 ކޯޓާ ކަނޑައެޅިފައި އޮންނަ ކަމަށެވެ. އަދި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން މިއަހަރު ފޮނުވާ 50 މީހުން ހިމެނޭނީ އެކޯޓާގެ ތެރޭގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވާނީ، މެނުއަލްކޮށް އަދި ލައިވްކޮށް މީހުންގެ ކުރިމަތީގައި ގުރުއަތުނަގައިގެން އެކަމުގައި އެހެން އެއްވެސް މީހަކަށް ސުވާލެއް ނުއުފެއްދޭހައި އިންސާފުވެރިކޮށް ކަމަށެވެ.

އަދި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ މައިގަނޑު ޝަރުޠަކީ، ފަރުޟު ހައްޖުވެފައި ނުވާ މީހަކުކަމުގައިވުން ލާޒިމްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.