Advertisement

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަމީހުން --

06 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއިންވެސް ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި

ސައޫދީއަރަބިއްޔާއަށް ހައްޖު މަހުގެ ހަނދު ސާބިތު ވުމާއި ގުޅިގެން ރާއްޖެއިންވެސް ހައްޖު ދުވަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަން އިޢުލާނު ކުރައްވައިފިއެވެ.

ރާއްޖޭގައި ޢަމަލު ކުރަމުން އައި ކަލަންޑަރުގައިވާ ގޮތުން މާދަމާއަކީ ޛުލްޤައިދާ މަހުގެ 30 ވަނަ ދުވަހެވެ. އެހެން ނަމަވެސް މިއަދު އިރު އޮއްސުނު އިރު ސަޢޫދީ ޢަރަބިއްޔާގެ ސަރަހައްދުތަކަށް ހަނދުފެނި، ސަޢޫދީ ސަރުކާރުން މިހިނގާ 1445 ވަނަ އަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ، މިޖޫންމަހުގެ 7ވާ ހުކުރު ދުވަސް ކަމުގައި ކަނޑައެޅުމާއި ގުޅިގެން އެގޮތަށް ރާއްޖެއިންވެސް ޢަމަލު ކުރުމަށް ވަނީ ނިންމަވާފައެވެ.

އެހެންކަމުން ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ޗާޕުކުރައްވައި ނެރުއްވާފައިވާ ކަލަންޑަރުގައި ހިޖުރީ މަސް 1 ދުވަސް އަވަސްވެގެން ދާނެއެވެ.

ސަޢޫދީޢަރަބިއްޔާއަށް ހައްޖުމަހުގެ ހަނދު ސާބިތުވުމާއި ގުޅިގެން، މިއަހަރުގެ ހައްޖު ދުވަހަކީ، ޖޫން 15ވާ ހޮނިހިރު ދުވަސްކަމަށާއި، އަޟުޙާ ޢީދު ދުވަހަކީ، ޖޫން 16ވާ އާދީއްތަ ދުވަސްކަމުގައި ވަނީ ހަމަޖައްސަވާފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.