Advertisement

ދިވެހި ހައްޖުވެރިން ޢަރަފާތު ބިމުގައި ---

15 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ދިވެހި ހުރިހާ ހައްޖުވެރިން ތިބީ ޢަރަފާތު ބިމުގައި - ހައްޖުމިޝަން

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ތިބީ، ޢަރަފާތު ބިމުގައި ކަމަށް ހައްޖު މިޝަންއިން ބުނެފިއެވެ.

މޯލްޑިވްސް ހައްޖު މިޝަން އިން ބުނީ، ހުރިހާ ހައްޖުވެރިންވެސް ޢަރަފާތު ބިމަށް ގޮސްފައިވާ ކަމަށާއި، ހުރިހާ ހައްޖާޖީންގެ ޙާލުވެސް އާއްމު ގޮތެއްގައި ރަނގަޅުކަމަށެވެ. ހައްޖު މިޝަން އިން ހާމަކޮށްފައިވާ ގޮތުގައި، އަރަފާތު ބިމަށް ހައްޖުވެރިން ދަތުރުފެށީ، ރޭ މައްކާގެ ގަޑިން 11:30ގައެވެ. އަދި ފަތިސް ނަމާދުު ވަގުތުގެ ކުރިން ހުރިހާ ހައްޖުވެރިންނަށްވެސް ޢަރަފާތު ބިމަށް ވަދެވިފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ހައްޖުގެ އެންމެ މުހިއްމު ރުކުނަކީ، ޢަރަފާތުގައި ހުރުމެވެ. ހައްޖު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ޢަރަފާތު ބިމަށް ނުވަދެވުނު މީހަކަށް ޙައްޖެއް ނުލިބޭނެއެވެ. އެހެންވެ ހައްޖާޖީންގެ ތެރެއިން ބަލިހާލަތު ބޮޑުވެ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރެވިފައިވާ ބަލި މީހުންވެސް، އެމްބިއުލާންސްތަކުގައި ޢަަރަފާތުބިމަށް ގެންގޮސްދެއެވެ.

ޢަރަފާތުގައި މަޑުކުރުމަށްފަހު، ހައްޖުވެރިން ދެން ދަތުރުކުރާނީ، މުޒުދަލިފާއަށެވެ. ޖަމްރާތަކަށް ހިލައުކާނީ މާދަމާއިން ފެށިގެންނެވެ.

ރާއްޖެއިން މިއަހަރު ޢަމީރުލްޙައްޖުގެ ގޮތުގައި، ވަޑައިގެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އިސްމާޢީލް ޝަފީޢުއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.