Advertisement

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބައެއް މީހުން --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

07 Feb 2024
ޚަބަރު

ޙާޖީންނަށް އެހީތެރިވެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް

ސަޢުދީ ޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން އެ ޤައުމުގެ ހައްޖު ވުޒާރާއިން އެއްބަސްވެފައިވާކަމަށެވެ. އަދި މި އަހަރުގެ ޙައްޖުގައި އެކަން އެ ގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަން ރަސްމީކޮށް އަންގަވާފައިވާކަމަށެވެ.

ދިވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ލިބުމަކީ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ލުއިފަސޭހަކަން ލިބޭނެ ކަމެއް ކަމަށެވެ. ދިވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމަށް އެކި ސަރުކާރުތަކުން ވެސް މަސައްކަތް ކުރި ކަމަށާއި މި ފަހަރު އެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ކޮންމެ ގައުމަކަށް ފަހިވެފައި އޮންނަ ފުރުސަތެއް ނޫން ކަމަށާ އެ ފުރުސަތު ސައުދީން ދީފައި ވަނީ ވަރަށް މަދު ގައުމަކަށް ކަމަށެވެ. މިހާރު އުސޫލު އޮންނަ ގޮތުން ސައުދީގެ ރައްޔިތުންނަށް ވެސް އަދި އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ހައްޖުގެ ފުރުސަތު އޮންނަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވޭ ގޮތަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.