Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

18 Dec 2023
ޚަބަރު

އެމްއެންޑީއެފްގެ ހާއްސަ ތަމްރީންތަކެއް ހުޅުމާލޭގައި

މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްއިން ހުޅުމާލޭގައި ހަތިޔާރާއިއެކު ތަމްރީންތަކެއް ފަށައިފިއެވެ. މި ތަމްރީންތައް ގާތްގަނޑަކަށް 2 މަސް ދުވަހަށް ކުރިއަށްގެންދާނެކަމަށް ވަނީ ބުނެފައެވެ. 

އެމްއެންޑީއެފްއިން ބުނީ އެ ތަމްރީނު ފެށީ އިއްޔެ ކަމަށާއި އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ތަމްރީނު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ތަމްރީނުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނީ ހުޅުމާލޭގެ ބޭރު މަގުގެ ސަރަހައްދުތަކުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ ކުރިން ވެސް ސިފައިން ވަނީ މިފަދަ ތަމްރީނުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި އެފަދަ ތަމްރީނުތަކެއް އައްޑޫގައި ވެސް މިފަހުން ވަނީ ކުރިއަށްގެންގޮސްފައިވެއެވެ.

މީގެއިތުރުން މިމަހުގެ  23، 24 އަދި 25 ގައި ކ. ގިރިފުށީގައިވެސް ތަމްރީނެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި ތަމްރީން ކުރިއަށްދާނީ 19:00 އިން 22:30 އަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފުލެއާރސް އާއި ބަޑީގެ ވަޒަން ދަތުރުކުރާނީ ކ. ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 3000 މީޓަރ ދުރުމިނަށެވެ. އަދި ފުލެއާރސްއާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރަށްކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.