Advertisement

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެއް މީހުން --

17 Dec 2023
ޚަބަރު

ބިދޭސީންނާއި ގުޅޭ ރިޕޯޓްގެ އެކްސް ލިންކް ގެއްލިއްޖެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގެ އެކްސް ލިންކް ގެއްލިއްޖެއެވެ.

އެރިޕޯޓް މިނިސްޓްރީގެ އެކްސްއެކައުންޓުން ޕޯސްޓްކޮށްފައިވާ ލިންކް ގެއްލުނީ، ހަމައެކަނި ބަނގުލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުމަށް ހުއްދަދިނުމާއި އެކު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ފައްޔާޒު ވިދާޅުވެފައި ވަނީ، ސަރުކާރުގެ އެނިންމުމާއި މެދު ސުވާލު އުފެދޭ ކަމަށާއި އަދި އެއީ ޤާނޫނާއި ޚިލާފް ކަމެއް ކަމަށެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައި ވާގޮތުން ރާއްޖެއަށް ކޮންމެ ޤައުމަކުންވެސް ބިދޭސީ މަަސައްކަތްތެރިންގެ ގޮތުގައި އެންމެ ގިނަވެގެން އެތެރެ ވެވޭނީ އެއްލައްކަ މީހުންނަށެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ އެ ރިޕޯޓްގައި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި ވަޒީފާ އަދާކުރާ އަދަދުތައް ހާމަކޮށްފައި ހުރެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސް ބިދޭސީންނާއި ބެހޭ އެރިޕޯޓް ޑައުންލޯޑްކޮށް ސޭވްކުރުމަށް އެދިވަޑައިގެން އިކޮނޮމިކް މިނިސްޓްރީގެ އެކްސް ހޭންޑަލްގެ ލިންކް ހިއްސާކުރެއްވުމާއި އެކު އެލިންކް ވަނީ ގެއްލިފައެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ކުރެއްވި ޓްވީޓް --

އިކޮނޮމިކް މިނިސްޓްރީގެ އެކްސް އެކައުންޓުން ކުރިން ޕޯސްޓްކޮށްފައިވާ ރިޕޯޓްގެ ލިންކުން އެރިޕޯޓް މިހާރު ނުބެލުނަސް މިނިސްޓްރީގެ ވެބްސައިޓްގައި އަދިވެސް އެރިޕޯޓް އެބައޮތެވެ.

ފޮރިންގ ލޭބަރ ސްޓެޓިސްޓިކްސް އެންޑް އެކްޕެޓް ސިސްޓަމް ރިޕޯޓް 2023ގައި ވާގޮތުން، ރާއްޖޭގައި މިހާރުވެސް އެންމެ ގިނައީ ބަނގުލަދޭޝްގެ ލޭބަރުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދުތަކާއި ނިސްބަތް އެންމެ ގިނަ ފަސް ޤައުމު:

ބަނގުލަދޭޝް - 139،220 މީހުން

އިންޑިއާ - 94،533 މީހުން

ސްރީލަންކާ - 30،817 މީހުން

ނޭޕާލް - 11،814 މީހުން

ފިލިޕީންސް - 4،157 މީހުން

ރާއްޖެއަށް ލޭބަރުންގެ ގޮތުގައި ބަނގުލަދޭޝް މީހުން ގެނައުން ހުއްޓާލީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.