ޚަބަރު
13 Dec 2023
ޚަބަރު
ފުށިދިއްގަރުފަޅު ގުޅީ ކައުންސިލްގެ އިޙްތިޞާސްގެ ތެރެއިން ވަކިކޮށްފި
މާލެއަތޮޅު ގުޅީގެ އިދާރީ އިހްތިޞާސްގެ ތެރެއިން ފުށިދިއްގަރު ފަޅު ވަކިކުރެއްވި އިރު އެފަޅަކީ ގުޅިއޮންނަ ފަޅާއި ވަކިން އޮންނަ ފަޅެކެވެ. އަދި ގުޅީގެ އިހްތިޞާސްގެ ތެރޭގައި ހިމަނާފައި ކުރިން އޮތިީ އެފަޅުގެ ދެކުނު ބިތުގެ ބައެކެވެ.
13 Dec 2023
ޚަބަރު
މަޖިލީހުން ބަޖެޓް ފާސްކޮށްފި
ބަޖެޓް ފާސްކުރުމަށް މަޖިލީހުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 68 މެމްބަރުންގެ އިއްތިފާޤުންނެވެ. އަންނަ އަހަރަށް ލަފާކޮށް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ، 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެވެ.
13 Dec 2023
ޚަބަރު
މާލީ ބަޔާންތައް އާއްމު ކުރީ ކޮމިޝަނުން ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހުގައި: ޙަބީބު
ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް މިއަދު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރިއިރު، މާލީ ބަޔާންތަކުގައި ވާގޮތުން އިންތިޚާބަށް އެންމެ ބޮޑު ހޭދައެއް ކުރައްވާފައި ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެންމެ މަދުން ޚަރަދު ކުރައްވާފައި ވަނީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލެވެ.
13 Dec 2023
ޚަބަރު
އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލްގައި ވޮކޭޝަނަލް ހަބެއް ހުޅުވައިފި
ހުނަރު ވެހި ހުޅުމުގެ އިތުރުން، ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝަރ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ ހުޅުވާފައެވެ. އެގޮތުން، ދަސްވެށި ހުޅުއްވައިދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު އަދި މަރިޔާދު ހުޅުއްވައި ދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މަރިޔަމް މާރިޔާއެވެ.
13 Dec 2023
ޚަބަރު
30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވުމަށްފަހު 2 މޭޖަރ ޖެނަރަލަކު ރިޓަޔަރކުރައްވައިފި
އެމްއެންޑީއެފަށް 30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި 2 މޭޖާ ޖެނަރަލަކު އެ ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.
13 Dec 2023
ޚަބަރު
އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް 75.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ 75.5 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.
13 Dec 2023
ޚަބަރު
މަޖިލީހުގެ ގޮނޑި ދޫކޮށްލައްވަނީތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ ”ޝުކުރިއްޔާ!“
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަޤާމާއި މަސްއޫލިއްޔަތުތަކަކީ ސިޔާސީ މަސައްކަތްތަކެއް ކަމަށްވާއިރު، ރައީސް ނަޝީދު އިއްޔެ އާއްމު ކުރެއްވި، ބަޔާނުގައި ވިދާޅުވެފައި ވަނީ، ސިޔާސީ ކަންކަމާއި މިވަގުތު ދުރަށްޖެހިވަޑައިގަތުންމަށް ނިންމަވާފައިވާ ކަމަށާއި، އަންނަ ޖެނުއަރީ މަހުން ފެށިގެން، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ ވަޒީފާއަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ.
13 Dec 2023
ޚަބަރު
ގއ. މާނާގަލާގައި އަޅާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅައިފި
ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގއ. މާނާގަލާގައި ޤާއިމުކުރަން އެއްބަސްވެފައިވާ މަލްޓި-ސްޕީޝީސް ހެޗަރީގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލް އަޙުމަދު ޝާފިޢު އާއި ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ.
13 Dec 2023
ޚަބަރު
ރާއްޖެއާއި ނެލަދޭންޑްސްއާއި ގުޅުން ބަދަހިކުރެވޭނެ ގިނަ ދާއިރާތަކަކުން މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ އޮފް ސޯޝަލް އެފެއާޒް އެންޑް އެމްޕްލޯއިމަންޓް ކަރީން ވަން ޚަނިޕްއާއި ބައްދަލުކުރައްވައިފިއެވެ.
13 Dec 2023
ޚަބަރު
ތިމާވެށީގެ މައްސަލަތަކަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ބޭނުން: ނައިބު ރައީސް
ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެށްޓާގުޅޭ މައްސަލަތަކަށް ފިޔަވަޅުއެޅުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ނުހަނު ބޭނުންވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިޔަށްދާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަރ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
13 Dec 2023
ޚަބަރު
ފަސްޓް ލޭޑީ ސާޖިދާ އާއި ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް
13 Dec 2023
ޚަބަރު
ބަސްމަލާ ބޯޓު ލ. ދަނބިދޫ ނެރުކައިރިން ފަރުމައްޗަށް ދެވަނަ ފަހަރަށް އުރި ގެއްލުންތައް ލިބިއްޖެ
ބޯޓުގެ ވެރިމީހާއާއި ތިމާގެ މީހަކު "ނޫން.އެމްވީ"އަށް ބޯޓުގައި އެތައް މިލިޔަން ރުފިޔާއެއްގެ މުދާ ހުރިކަމަށާއި، ވ އަތޮޅާއި، މި އަތޮޅުގެ ރަށްރަށަށް މުދާ ހުސްކުރުމަށްފަހު، ބޯޓު ފަރަށް އެރިއިރު ބޯޓުގައި ހުރީ، ލ. އަތޮޅުގެ ބައެއް ރަށްރަށުގެ މުދާ ކަމަށެވެ. މިގޮތުން 9 ރަށެއްގެ ވިޔަފާރިވެރިންގެ މުދާ ބޯޓުގައި ހުރިކަމުގައި އޭނާ މައުލޫމާތު ދިނެވެ.
13 Dec 2023
ޚަބަރު
ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި
12 Dec 2023
ޚަބަރު
ރައީސް ނަޝީދު ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގެންފިކަން އެމަނިކުފާނު އިއުލާނުކުރައްވައިފި
މިރޭ އެމަނިކުފާނު އެކްސްގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މަސައްކަތްތަކުން މިވަގުތު ދުރަށްޖެހިވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން އެމަނިކުފާނު ވަޒީފާ އަދާކުރައްވާނީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމުގައި ކަމަށެވެ.
12 Dec 2023
އާދަމް އާޒިމް
އާޒިމް ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި
މިއަދު މެންދުރުފަހު އާޒިމް ވަނީ، ހުޅުމާލެއަށް ވަޑައިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ހުޅުމާލޭގެ ކަންކަންކަމަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން އާޒިމްއާ ބައްދަލުވި އާއްމުރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކުން ވަނީ، ހުޅުމާލޭގައި ދިރިއުޅުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާއި، އަދި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަތައް އާޒިމްއަށް ދަންނަވާފައެވެ.
12 Dec 2023
ޚަބަރު
ފޮރިން ސެކްރެޓަރީގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ޢައްޔަނުކުރައްވައިފި