ޚަބަރު
09 Dec 2023
ޚަބަރު
ރަސްމީކޮށް އާދަމް އާޒިމްގެ ކެމްޕޭން ފެށުން އާދީއްތަ ދުވަހުގެ ރޭ
އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ސޯސަން ޖަގަހަ ކުރިމަތީގައި ކަމަށެވެ.
09 Dec 2023
ޚަބަރު
މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސްވެރިންގެ ގުންޒަރުގައި ބައިވެރިވި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަކު ކުރައްވައި، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި، އަދި މަސްވެރިންގެ ގުންޒަރުގެ ބައިވެރީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
09 Dec 2023
ޚަބަރު
މާލޭގައި ހުރި ކަންބޮޑުވުންތައް، މާލެ ރަށްވެހިންގެ ޖަމިއްޔާއިން އާޒިމަށް ހުށައަޅައިފި
މިބައްދަލުވުމުގައި، މާލެ ރަށްވެހިންގެ ޖަމިއްޔާ އިން ވަނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަން ހައްލުކުރެއްވުމަށް އާދަމް އާޒިމް ގެންގުޅުއްވާނެ ސިޔާސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި އާދަމް އާޒިމް ވަނީ، މާލެ މޭޔަރު ކަމަށް އިންތިޚާބުވެއްޖެނަމަ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބުނު ހުރިހާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ޤާނޫނީ އިމުގެ ތެރެއިން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މާލޭގެ ރައްޔިތުންނަށް ދެއްވާފައެވެ.
09 Dec 2023
ޚަބަރު
އައްޑޫގައި ފެނުގެ ޚިދުމަތް ދިނުމަށް ދިމާވި މައްސަަލަ ހައްލުކޮށްފި
ފެނަކައިން ބުނީ، ކުރިޔަށް އޮތްތަނުގައި އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދު ނުކެނޑި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ އިންތިޒާމްތަކެއްގެ ތެރެއިން ކުރާނެ ކަމުގެ ޔަޤީންކަން ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށްދޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އައްޑޫ ސިޓީގައި އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ޤާއިމްކުރުމަށް މަސައްކަތް ކުރާނޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
09 Dec 2023
ޚަބަރު
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ މަސްވެރިންގެ ގުންޒަރު ފަށައިފި
43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އިފުތިތާހުކޮށްދެއްވައިފިއެވެ. މި ގުންޒަރު ކުރިއަށްދަނީ މީރުމާގައެވެ.
09 Dec 2023
ޚަބަރު
އަމީނީ މަގުގެ މަސައްކަތް އަލުން ފެށުމުން ބަސް ރޫޓަށް ބަދަލެއް
އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތަރުއެޅުމުގެ މަސައްކަތް ފެށުމުން އެމްޓީސީސީގެ ބަސް ރޫޓަށް ބައެއް ބަދަލުތައް ގެނެސްފިއެވެ. އާރުޑީސީން ބުނީ އަމީނީ މަގުގެ ސެގްމަންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
09 Dec 2023
ޚަބަރު
އަސާސީ އެއްވެސް މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް: ވަޒީރު
ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ ބޭރުކުރުމުގެ ސިޔާސަތަށްގެނައި ބަދަލާއެކު ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމަށް ނިންމުމާއި ގުޅިގެންނެވެ.
09 Dec 2023
ޚަބަރު
މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ދައްކާލުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތާއިގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރު ބާއްވާފައިވަނީ އިއްޔެ ހުޅުމާލެ، ސެންޓްރަލް ޕާރކްގައެވެ.
09 Dec 2023
ޚަބަރު
އަމީނީ މަގުގެ އެންމެ ފަހުގެ ދެ ސެގްމެންޓްގެ މަސައްކަތް ފަށައިފި
މިއަދު ހަދަންފެށި އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް ހިމެނޭ ސަރަހައްދަކީ، މާލޭގެ ޕަބްލިކް ޓްރާންސް ޕޯޓުގެ މައި ރޫޓަކަށް ވާތީ، މަގު ހެދުމުގެ މަސައްކަތަށް އެސަރަހައްދު ބަންދު ކުރުމާއި އެކު، ބަސް ދަތުރު ކުރާ ރޫޓަށް ވަނީ ބަދަލު ގެނެސްފައެވެ.
08 Dec 2023
ޚަބަރު
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ސުވާލާއި ޚިޔާލާއި ޝަކުވާ ސީދާކޮށް އާބަންކޯގެ އެމްޑީއަށް ހުށައެޅޭނެ މަގުފަހިކޮށްފި
އެކުންފުނިން ބުނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެސެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މިގޮތުން، [email protected] އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމް.ޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަޤީންކަން އެމް.ޑީ ވަނީ އަރުވާފައެވެ.
08 Dec 2023
ޚަބަރު
ރިޔާސީ ގަނޑުވަރުގައި ވަޒީފާއަދާކުރަމުން ދިޔަ ތެލަސީމިއާ ކުއްޖަކު ބަލަހައްޓާ އެކަނިވެރިމަޔަކު ވަޒީފާއިން ވަކިކޮށްފި
މީގެ އިތުރުން، ނިމުނު ހަފްތާގައި އިތުރު ދެ ދިވެހި މުވައްޒަފުން، މުލީއާގޭގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި، މުލީއާގޭގެ ކައްކާއެއްގެ ވަޒީފާއި ހުރި ދިވެހި ފިރިހެނަކާއި، އަދި ބަދިގޭގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކުވެސް ހިމެނޭ ކަމުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ހާމަކުރައްވާފައިވެއެވެ.
08 Dec 2023
ޚަބަރު
މިރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ފަތިސްވާންދެން ފެން ކެނޑޭނެ
އެކުންފުންބުނީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތެއްގެ ބޭނުމަށްޓަކައި، މިރޭ 11:00 އިން ފެށިގެން ފަތިހު، 5:00 އާއި ހަމައަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް އަދި ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިޔުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
08 Dec 2023
ޚަބަރު
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލުން މިރޭ ފެނުގެ ޚިދުމަތް ދެވޭނެ
އެކުންފުނިން ބުނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޙިދުމަތްދޭ އާރް.އޯ ޕްލާންޓްއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވީ.އެފް.ޑީ ހިތަދޫއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. މި ވީ.އެފް.ޑީ އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނީ މިރޭ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
08 Dec 2023
ޚަބަރު
އެމްއޭސީއެލްގެ މެރިޓް އެވޯޑް ސީއެޗްއެސްއީގެ 4 ދަރިވަރަކަށް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެރިޓް އެވޯޑު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.އީގެ 4 ދަރިވަރަކަށް ދީފިއެވެ.
08 Dec 2023
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދެކުނު އޭޝިއާ ސަރަހައްދުގެ ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުން މުހިންމު: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ތަޙްނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
08 Dec 2023
ޚަބަރު
އިންޑިއާ ކަނޑުގެ ސަރަޙައްދގެ ފުދުންތެރިކަމަށް އެކުގައި މަސައްކަތް ކުރަން ތައްޔާރު: ނައިބު ރައީސް
އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.