Advertisement

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ -- ފޮޓޯ: އަދުނާން ހަލީމް

08 Dec 2023
ޚަބަރު

ރިޔާސީ ގަނޑުވަރުގައި ވަޒީފާއަދާކުރަމުން ދިޔަ ތެލަސީމިއާ ކުއްޖަކު ބަލަހައްޓާ އެކަނިވެރިމަޔަކު ވަޒީފާއިން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފުންގެ ތެރޭގައި ހިމެނޭ، ތެލަސީމިއާ ކުއްޖަކު ބަލަހައްޓާ އެކަނިވެރި މަޔަކު އޭނާ ހުރި ވަޒީފާއިން ވަކިކޮށްފިއެވެ.

އެއަންހެންމީހާ އާއި އަދިވެސް ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ އިތުރު ބަޔަކު މިސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާކަން ހާމަކުރެއްވީ، ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު އެކަމާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އެކަމަނާ ވިދާޅުވެފައިވާ ގޮތުގައި، ވަޒީފާއިން ވަކިކުރި އަންހެން މީހާއަކީ، ރިޔާސީ ގަނޑުވަރުގެ ދާއިމީ ވަޒީފާގައި ހުރި އަދި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ރަނގަޅަށް އުފުލަމުން އައި އަދި މަސައްކަތާއި ގުޅޭ ސިއްރުތައްވެސް ހިފަހައްޓާފައިވާ މީހެކެވެ. މިގޮތުން އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފެއްކަން އޭނާގެ ގާތް ރައްޓެހިންނަށްވެސް ނޭނގޭ ވަރަށް އޭނާ ސިއްރު ހިފަހައްޓާކަން ކުރީގެ ފަސްޓްލޭޑީ ފާހަގަކުރައްވާފައިވެއެވެ. ވަޒީފާއިން ވަކިކުރި އެ އަންހެންމީހާއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ހައުސްކީޕިންގ އިންޗާޖްގެ ވަޒީފާއަދާކުރަމުން ގެންދިޔަ މީހެކެވެ.

މީގެ އިތުރުން، ނިމުނު ހަފްތާގައި އިތުރު ދެ ދިވެހި މުވައްޒަފުން، މުލީއާގޭގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި، މުލީއާގޭގެ ކައްކާއެއްގެ ވަޒީފާއި ހުރި ދިވެހި ފިރިހެނަކާއި، އަދި ބަދިގޭގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކުވެސް ހިމެނޭ ކަމުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ހާމަކުރައްވާފައިވެއެވެ.

ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 2018 ވަނަ އަހަރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލު ކުރެއްވި އިރުވެސް، މުލީއާގޭގައި ކައްކާއިންނާއި ވޭޓަރުންގެ ގޮތުގައި ރައީސް ނާސިރާއި، ރައީސް މައުމޫނުގެ ޒަމާނުން ފެށިގެން ވަޒީފާއަދާކުރަމުން އައި މީހުން ތިބި ކަމަށެވެ. އަދި އެމީހުން ކުރީގެ ސަރުކާރުގައި ވަޒީފާތަކުން ކަނޑާނުލާކަން ކުރީގެ ފަސްޓްލޭޑީގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.