Advertisement

މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރައްވާ، އާދަމް އާޒިމް ---

09 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރަސްމީކޮށް އާދަމް އާޒިމްގެ ކެމްޕޭން ފެށުން އާދީއްތަ ދުވަހުގެ ރޭ

އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ރަސްމީ ކެމްޕޭންފެށުން އާދިއްތަ ދުވަހުގެ ރޭ އޮންނާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އާދަމް އާޒިމްގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ހަރަކާތްތައް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް އެމްޑީޕީން ތައްޔާރުވި ނަމަވެސް އެރޭގެ މޫސުމް ތަން ނުދިނުމުގެ ސަބަބުން އެ ހަރަކާތް ފަސްކުރީއެވެ.

އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ސޯސަން ޖަގަހަ ކުރިމަތީގައި ކަމަށެވެ.

އެމްޑީޕީގެ ޓްވީޓް --

ސަރުކާރުގެ ކުންފުނިތަކުގައި އިސްމަޤާމުތަކުގެ ފުރުއްވާފައިވާ އާދަމް އާޒިމަކީ، އާއްމުންގެ މެދުވައި ވަރަށް  މަޤުބޫލު އަދި އާއްމުންގެ ޢިތުބާރު ލިބިފައިވާ ބޭފުޅެކެވެ. އަދި މާލޭ ސިޓީ ބަދަލުކޮށްލާނޭ ތަޞައްވަރުތަކެއް އޭނާ ގެންދަވަނީ ހުށައަޅުއްވަމުންނެވެ.

އެމްޑީޕީގެ ޓިކެޓުގައި އާޒިމް މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރައްވާއިރު، އާޒިމްއާއެކު ދެން މިއިންތިޚާބުގައި ވާދަކުރައްވަނީ،  ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރާއި، ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ޓިކެޓްގައި ވާދަކުރައްވާނެކަމަށް ބެލެވޭ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.