Advertisement

މާލޭ ރައްވެހިންގެ ޖަމިއްޔާއިން އާދަމް އާޒިމާއި ބައްދަލުކުރުން --

09 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މާލޭގައި ހުރި ކަންބޮޑުވުންތައް، މާލެ ރަށްވެހިންގެ ޖަމިއްޔާއިން އާޒިމަށް ހުށައަޅައިފި

ކުރިޔަށް އޮތް މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި، މާލެ ރަށްވެހިންގެ ޖަމިއްޔާއިން ބައްދަލުކޮށް ގްރޭޓަރ މާލެ ސަރަހައްދާއި ގުޅިގެން ހުރި ކަންބޮނޑުވުންތައް ހިއްސާކޮށްފިއެވެ.

މިބައްދަލުވުން ބާއްވާފައި ވަނީ މިއަދު އެމްޑީޕީގެ އޮފީހުގައެވެ. 

މިބައްދަލުވުމުގައި، މާލެ ރަށްވެހިންގެ ޖަމިއްޔާ އިން ވަނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަން ހައްލުކުރެއްވުމަށް އާދަމް އާޒިމް ގެންގުޅުއްވާނެ ސިޔާސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި އާދަމް އާޒިމް ވަނީ، މާލެ މޭޔަރު ކަމަށް އިންތިޚާބުވެއްޖެނަމަ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބުނު ހުރިހާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ޤާނޫނީ އިމުގެ ތެރެއިން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މާލޭގެ ރައްޔިތުންނަށް ދެއްވާފައެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވަނީ، މާލޭ ރައްވެހިންގެ ޖަމިއްޔާއާއި ބައްދަކު ކުރެއްވުމުގެ އިތުރުން، މާލޭގައި ރައްޔިތުން ދިރިއުޅޭ ގޭގެއަށް ވަކިވަކިން ޒިޔާރަތްކުރައްވައި ހާލަތު ބައްލަވައި، ރައްޔިތުންނަށް އުއްމީދު އައުކޮށްދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.