ޚަބަރު
ޚަބަރު
11 Dec 2023
ޚަބަރު
ރައީސް ޔާމީން ޕީއެންއެފްއަށް ސޮއެކުރައްވައިފި
އެމަނިކުފާނު ޕީއެންއެފްއަށް ސޮއެކުރައްވާފައި ވަނީ، ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ، ޕީއެންއެފްގެ ރަސްމީ އޮފީސް ޤާއިމްކޮށްފައިވާ، ހެންވޭރު ހުރަފައިގައެވެ. ރައީސް ޔާމީން ޕާޓީގެ އައުޕާޓީ ހެދުމުގު ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައި ވަނީ އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިފުޅު ޒެއިންއަށެވެ.
11 Dec 2023
ޚަބަރު
މާލޭ ސިޓީ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށްފަށައިފި
ފެހި ތަނަވަސް މާލެ ކެމްޕޭން ޝިއާރުގެ ދަށުން، މާލޭ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ ބާއްވާފައި ވަނީ ރޭ އެމްޑީޕީގެ ސޯަން ޖަގަހަ ކުރިމަތީގައެވެ.
11 Dec 2023
ޚަބަރު
ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މިވަގުތަށް ބަަލާއިރު ރައްޔިތުންގެ ފައިސާ އިސްރާފް ކުރުން: އާޒިމް
އާޒިމް ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ، މިވަގުތަށް ބަލާއިރު، ރައްޔިތުންގެ ފައިސާއިން ކުރެވޭނެ އިސްރާފަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެކަމަށް ވުރެ، މާލެއާ އެއަށްވުރެ ކައިރިން ހިއްކާފައިވާ ބިންތައް އާބާދުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން މާ ރަނގަޅުކަން އާޒިމްގެ ވާހަކަގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލެ ކައިރީގައި ހުރި އެހެން ބިންތައް ތަރައްޤީ ނުކޮށް އަނެއްކާ އަލުން އާބިމެއް ހިއްކައިގެން ތަރައްޤީކުރާ ނަމަ އެކަން ވާނީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޮޑު އިސްރާފަކަށް ކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.
10 Dec 2023
ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
10 Dec 2023
ޚަބަރު
އެލައިޑްގެ އެމްޑީއަކަށް ހުސައިން ލުވައިޒް
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރުކަމަށް ހުސެއިން ލުވައިޒް ހަމަޖައްސައިފިއެވެ. އެ މަގާމަށް ލުވައިޒް އައްޔަން ކުރިކަން އެސްޓީއޯ ވަނީ ހާމަކުރައްވާފައެވެ.
10 Dec 2023
ޚަބަރު
ތެލަސީމީއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމައިފި
މިގޮތަށް ނިންމާފައި ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ ލަަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާގެ ފަރުވާތަކަށް އާސަންދަ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވައި، ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިދައުރުގެ ތެރޭގައި 5 ކުއްޖަކަށް ފުރުޞަތު ދެއްވުމަށް ނިންމަވާފައެވެ.
10 Dec 2023
ޚަބަރު
އައު ތިން އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއިއެކު އަލަށް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ 3 އިދާރާއަކީ، ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި، ދިވެހި ޤައުމީ ޗާޕުޚާނާއެވެ. މިތިން އިދާރާ ހިންގެވުމަށް ހަމަޖައްސަވާފައި ވަނީ، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުންނެވެ.
10 Dec 2023
ޚަބަރު
ދިރޭރަހަ އެކުލެވޭ އުފެއްދުންތައް މަދުކުރުމާއި ގުޅޭ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފި
"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ"އަކީ، ދިރޭރަހަ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި އދ ގެ ތިމާވެށްޓާބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ. މިހާތަނަށް 147 ޤައުމަކުން ބައިވެރިވެ ވަނީ ޢަމަލުކުރަން ފަށާފައެވެ.
10 Dec 2023
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އަންހެނުންނަށް ދިިމާވާ ބައެއް ބަލިތަކަށް އާސަންދަ ކަވަރޭޖް ފުޅާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިނިންމެވުން ނިންމަވާފައިވަނީ އަންހެނުންނަށް ދިމާވާ މިފަދަ ޞިއްޙީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، 'އިންފަރޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.
10 Dec 2023
ވަޒީރުންގެ މަޖިލިސް
މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވާލެއްވުމަށް ރައީސް ނިންމަވައިފި
މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމަކީ، މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. ހަމަ އެހެންމެ، މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ވަޒީރުން ކުރެއްވި މަޝްވަރާތަކުގައި ފާހަގަކުރައްވާފައިވެއެވެ.
10 Dec 2023
ޚަބަރު
ތުރުކީ ވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމަވައިފި
ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް މީޑިއާތަކާއި ހިއްޞާކުރައްވަމުން، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ނިންމެވީ، އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ކަންކަން ފަސޭހަކޮށް ދެއްވުމަށާއި، ރާއްޖެއާ ތުރުކީ ވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ކަމަށެވެ.
10 Dec 2023
ޚަބަރު
ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ނިންމަވައިފި
10 Dec 2023
ޚަބަރު
މަސްމާރުކޭޓް ސަރަހައްދަކީވެސް ރީތި، ނަލަ ތާކަށް ވާންޖެހޭ: އާޒިމް
އާޒިމް ވިދާޅުވީ، މަސްމާރުކޭޓް ސަރަހައްދަކީވެސް ރީތި، ނަލަ ތާކަށް ވާންޖެހޭކަމަށާއި، މަސްވެރިންނަށާ މަސްކަނޑާދޭ މީހުނަށް ފެންވަރާލާ، ނަލަވެލެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި މާލޭގެ މޭޔަރުގެ މަޤާމަށް އާޒިމް އިންތިޚާބުކޮށްފިނަމަ އެކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.
10 Dec 2023
ޚަބަރު
ހުޅުމާލޭގައި ރޭ މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތެއް ނެތް: ޕޮލިސް
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެފަދަ ކަމެއްގައި ފަރުވާ ހޯދާފައިވާކަމުގެ މަޢުލޫމާތު ލިބިފައި ނުވެއެވެ. އަދި ހާދިސާ ހިނގިތަންކަމަށް ބުނާ ތަނުން އެފަދަ ކަމެއް ހިނގިކަމުގެ މާއްދީ އެއްވެސް ހެއްކެ ލިބިފައިނުވާ ކަމަށެވެ.
10 Dec 2023
ޚަބަރު
ހުރިހައި ވަޒީރުންގެ ޝަރުތު ހަމަވާކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ނިންމައިފިއެވެ.
10 Dec 2023
ޚަބަރު
ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްއަށް ޓެކްސީއަށް މަޑުކުރެވޭގޮތް ހަދައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިކަން އިފްތިތާހުކުރުމަށް މިއަދު ވަނީ އެއަރޕޯޓްގައި ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.