Advertisement

ތުރުކީގައި އުޅޭ ދިވެހިންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

10 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ތުރުކީ ވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމަވައިފި

ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް މީޑިއާތަކާއި ހިއްޞާކުރައްވަމުން، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ނިންމެވީ، އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ކަންކަން ފަސޭހަކޮށް ދެއްވުމަށާއި، ރާއްޖެއާ ތުރުކީ ވިލާތާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ދިވެހިން، ތުރުކީވިލާތަށް ދަތުރުކުރާ ކަމަށާއި، ހަމައެހެންމެ، ވިޔަފާރީގެ އެކި ބޭނުންތަކާއި ތައުލީމުގެ އެކި ބޭނުންތަކަށް ވެސް ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.

އަދި ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުވެގެން ދިޔުމަކީ، އެކަމުގެ ލާބަޔާއި މަންފާ ދެޤައުމަށްވެސް ކުރާނޭ ކަމެއްގެ ގޮތުގައި ފިރުޒުލް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވާފައި ވަނީ ތުރުކީވިލާތަށެވެ. ނޮވެމްބަރު 26 އިން 29އަށް ކުރެއްވި އެ ދަތުރުފުޅުގައި ތުރުކީގައި ދިރިއުޅޭ ދިވެހިންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލު ކުރެއްވުމުގައި، އެމްބަސީއެއް ނެތުމުގެ ދަތިކަމާއި އެކަމުގެ މުހިއްމުކަން، އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ކައިރި މުސްތަޤުބަލެއްގައި ޤާއިމްކުރެވިގެންދާނޭ ކަމުގެ ޔަޤީންކަން އެބައްދަލުވުމުގެ ބައިވެރިންނަށް ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.