ޚަބަރު
06 Dec 2023
ޚަބަރު
ފަޅުރަށްތަކާއި ފަޅުތައް ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްރަށުގެ އިޙްތިސާސްތެރޭގައި ހިމަނައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ހިމެނޭގޮތަށް އޮތްނަމަވެސް ބައެއް ރަށްރަށުގެ އިޚުތިޞާޞް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތްނަމަވެސް އެހެން ކަމަކަށް އެރަށެއް ދޫކޮށްފައި އޮތުން ފަދަ ކަންކަން ކައުންސިލްތަކުން ފާހަގަކުރައްވާކަމަށެވެ. އަދި އެއީ ކައުންސިލްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނޭ މަސައްކަތެއް ކުރުމަށް އޮތް ދަތިކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.
06 Dec 2023
ޚަބަރު
މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނުކުރެވުނު މީހުން: ރައީސް
ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.
05 Dec 2023
ޚަބަރު
މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
05 Dec 2023
ޚަބަރު
ސްކޫލުތަކުގެ އެސެމްބްލީގައި ޤައުމީ ސަލާމް ޖަހާގޮތަށް އަލުން ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
05 Dec 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސައްޙަ އަދަދު އަދިވެސް ސަރުކާރަށް ނޭނގޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ ގުޅިގެން އުފައްދާފައިވާ ކޮމިޓީން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.
05 Dec 2023
ޚަބަރު
ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމެންޓް %50އަށް ކުޑަކޮށްދިނުމަށް ނިންމަވައިފި
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިނަރެސް ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު %50 އިންސައްތަ ކުޑަކޮށްދިނުމަށާއި، އަދި ފުލެޓްކުލިން 4200 ރުފިޔާ ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
05 Dec 2023
ޚަބަރު
އަތޮޅުތަކުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ އަގުތައް ކުޑަކޮށްފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކުގައި ދޫކޮށްފައި ހުރި ހައުސިން ޔުނިޓްތަކުގެ ތެރޭގައި 5000 ވުރެ ބޮޑުކޮށް މަހުކުލި ދައްކަންޖެހޭ ތަންތަން ހުރި ކަމަށެވެ. އެހެން ކަމުން އަލަށް ސަރުކާރުން މިގެނައި ބަދަލާއިއެކު، މިހާރު 3330ރ އަށް ވުރެ ބޮޑު ކުއްޔެއް ދައްކަންޖެހޭ ހުރިހާ ތަންތަނެއްގެ ކުލިވެސް 3330ރއަށް ކުޑަވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
05 Dec 2023
ޚަބަރު
ހިޔާ ފްލެޓްތަކުގެ ކުލި 4000 ރުފިޔާއަށް ވުރެ ކުޑަކޮށްފި
އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ނިންމެވީ އެކަމާއި ގުޅޭ ގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. އެގޮތަށް ހިޔާގެ އަގުތައް ކުޑަކުރެއްވީ ރިޔާސީ އިންތިޚާބުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ޚަރަދުކުރި ފައިސާ ސަރުކާރުން އަނބުރާ ދެއްވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ ގޮތުން ކަމަށެވެ.
05 Dec 2023
ޚަބަރު
ސިވިލް ސަރވިސް ކޮމިޝަނުންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ. މެންބަރުކަމުގެ މަގާމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ފާތުމަތު އާމިރާގެ ޓާމް ހަމަވުމުގެ ސަބަބުންކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
05 Dec 2023
ޚަބަރު
ފުޅަދޫންއިން ބައެއް ކަހަލަ ވިޔަފާރިތައް ކުރުމަށް ބިން ދޫކުރަނީ
ފުޅަދޫން ދޫކުރާ ބިންތަކުގެ ތެރެއިން ބޮޑެތި ބިންތަކަކަކީ 1400 އަކަފޫޓާއި 1500 އަކަފޫޓު ބިންތައެވެ. ކުދި ބިންތަކަކީ 450 އަކަފޫޓު ބިންތައް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
05 Dec 2023
ޚަބަރު
ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
05 Dec 2023
ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
05 Dec 2023
ޚަބަރު
ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށް ޤާސިމް ގޮވާލައްވައިފި
05 Dec 2023
ޚަބަރު
ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
04 Dec 2023
ޚަބަރު
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގާ ބޯޑަށް މެންބަރުން އައްޔަންކޮށްފި
މި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތައް ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ހަރުދަނާކުރަން އުފައްދާފައިވާ ބޯޑު ގެ ނަން، "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް" އިން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމަށް ބަދަލުކޮށްފައެވެ. އަދި އެ ބޯޑުވެސް މިހާރު ވަނީ އަލުން އެކުލަވާލާފައެވެ.