Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--

05 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސައްޙަ އަދަދު އަދިވެސް ސަރުކާރަށް ނޭނގޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިސަރުކާރުގެ ފުރަތަމަ ދެ ހަފްތާ ނިމިގެން ދިޔައިރު އަދިވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސާފު ސައްޙަ އަދަދެއް ސަރުކާރަށް ނޭނގޭކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމި ނިންމުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ގުޅޭ ގޮތުން ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތުތައް ދިމާ ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުގައި ހުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގައި ތިބީ 77 ނުވަތަ 89 އިންޑިއާ ސިފައިންކަމަށާއި އެހެންނަމަވެސް އެއަދަދު އެއަށް ވުރެވެސް އިތުރުވެދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ ގުޅިގެން އުފައްދާފައިވާ ކޮމިޓީން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.

ކޮޕް-28ގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިންގެ މައްސަލައިގައި އެއްވެސް މަޝްވަރާއެއް ކުރެވުނުތޯ ނޫސްވެރިން ދެންނެވި ސުވާލަށް ސީދާ ޖަވާބެއް ރައީސް ނުދެއްވިއެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ، އިންޑިއާއަށް ދިވެހިންގެ ނިންމުން ސާފުކަމަށާއި، ދިވެހިންގެ ނިންމުމަށާއި އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާއިން އިޙްތިރާމް ކުރައްވާނެކަން އިންޑިއާގެ ބޮޑުވަޒީރު ހާމަކުރެއްވި ކަމަށެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ފޮނުއްވާ ލެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ޔުނީފޯމް ނާޅާ ބައެއްގެ ގޮތުގައި ބޭތިއްބުމާއި މެދު ދެސަރުކާރުގެ ދެމެދުގައި އުފައްދާފައިވާ ކޮމިޓީގައި ދަނީ މަޝްވަރާކުރަމުންނެވެ. އެހެން ނަމަވެސް އެކަމާއިގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.