Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

06 Dec 2023
ޚަބަރު
ނޫން

ފަޅުރަށްތަކާއި ފަޅުތައް ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްރަށުގެ އިޙްތިސާސްތެރޭގައި ހިމަނައިދެނީ

އާމްދަނީ ހޯދުމަށް ކައުންސިލްތަކަށް ލިބި ދިބިދިނުމަށް އެދޭ، އެއަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތައް ވަކިއުސޫލުތަކެއްގެ ދަށުން ކައުންސިލްތަކަށް ލިބޭނެތް ހަމަޖައްސަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ހިމެނޭގޮތަށް އޮތްނަމަވެސް ބައެއް ރަށްރަށުގެ އިޚުތިޞާޞް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތްނަމަވެސް އެހެން ކަމަކަށް އެރަށެއް ދޫކޮށްފައި އޮތުން ފަދަ ކަންކަން ކައުންސިލްތަކުން ފާހަގަކުރައްވާކަމަށެވެ. އަދި އެއީ ކައުންސިލްތަކުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނޭ މަސައްކަތެއް ކުރުމަށް އޮތް ދަތިކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތަކުން އެދޭ ރަށްތަކާއި ފަޅުތައް ކައުންސިލްތަކަށް ލިބިދިނުމުގައި މައިގަނޑު ދެކަމަކަށް ބައްލަވާނެ ކަމަށެވެ. އެގޮތުން އެއް ކަމަކީ، ކައުންސިލްތަކުން އެރަށެއް ނުވަތަ ފަޅެއް ހޯދައިގެން ކުރަން ބޭނުންވާ ކަމަކީ، ޤައުމީ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް ހިންގޭ ކަމެއް ކަމުގައި ވުމާއި، އެރަށެއް ނުވަތަ ފަޅެއް އެ ކައުންސިލަކަށް ލިބި ދިނުމުގައި އަތޮޅުގައި ހިމެނޭ އެހެން ރަށްތަކުގެ ރުހުން އޮތުމެވެ.

އަދި ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޭނުންހިފޭގޮތަށް، އަދި ރާއްޖޭގައި ހިނގާ މައިގަނޑު ސިނާއަތްތަކަށް ގެއްލުން ނުވާގޮތަށް އެފަދަ ފަޅެއް ނުވަތަ ރަށެއް ލިބުމުގެ ފުރުޞަތު ކައުންސިލްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުން ބާރުވެރިކުރެވި ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.