Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Dec 2023
ޚަބަރު
ނޫން

ފުޅަދޫންއިން ބައެއް ކަހަލަ ވިޔަފާރިތައް ކުރުމަށް ބިން ދޫކުރަނީ

ބ. ފުޅަދޫން ވިޔަފާރިއާއި އިޤްތިޞާދީ ބޭނުންތަކަށް 26 ބިމެއް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ފުޅަދޫ ކައުންސިލުން ވިދާޅުވީ، ރަށުގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ރަށުގެ ބަނދަރާ ގުޅިގެން ބަނދަރުގެ އިރުން އަލަށް ހިއްކާފައިވާ ފަސްގަޑުން ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ބިން ދޫކުރުމަށް ހުޅުވާލީ ކަމަށެވެ.

ފުޅަދޫ ކައުންސިލުން ވިދާޅުވީ ބިން ދޫކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެންބަރު 06 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޢާއްމު ބައްދަލުވުމުގައިކަމަށެވެ. އެގޮތުން ބިން ދޫކުރަނީ ފައިބަރ މަސައްކަތް ކުރުމަށާއި، ގައު އެޅުމަށާއި، ވަޑާން ކުރުމަށާއި، ގުދަން އެޅުމަށާއި އަދި ލަނޑާ ކެއްކުމަށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ފައިބަރ މަސައްކަތް ކުރުމަށް 04 ބިން، ގައު އެޅުމުގެ މަސައްކަތް ކުރުމަށް 03 ބިން، ވަޑާން ކުރުމުގެ މަސައްކަތައް 03 ބިން، ގުދަން އެޅުމުގެ މަސައްކަތައް 09 ބިން އަދި ލަނޑާ ކެއްކުމުގެ މަސައްކަތައް 07 ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މިބިންތަކަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ މަހަކު އަކަފޫޓަކަށް 60 ލާރިކަމަށާއި، ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.މިބިންތައް ކުއްޔަށް ނަގަން ޝައުޤުވެރިވާ، ފުޅަދޫގެ ރައްޔިތުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.