ޚަބަރު
ޚަބަރު
01 Dec 2023
ޚަބަރު
ވީއައިއޭގެ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީކޮށް ބޭނުންކުރަން ފަށައިފި
ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭ ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތްދޭން ފަށައިފިއެވެ. މިއަހަރު ކުރީކޮޅުގައި ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު ވީ.އައި.އޭ ގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
01 Dec 2023
ޚަބަރު
މޫސުމީ ގެއްލުމަށް ބަދަލު ދިނުމަށް ފަންޑެއް އެކުލަވާލުމަކީ ރާއްޖެއަށް ލިބުނު އުންމީދެއް: މިނިސްޓަރ ޠާރިޤް
މޫސުމީ ގެއްލުމަށް ބަދަލު ދިނުމަށް 'ލޮސް އެންޑް ޑެމޭޖު' ފަންޑް އެކުލަވާލުމަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ކޮޕް28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
01 Dec 2023
ޚަބަރު
ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓަރީސްއިން އުފައްދާ ދިޔާބޭހެއް ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފި
ޕާކިސްތާންގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯރެޓަރީސްއިން އުފައްދާ ދިޔާބޭސް ރާއްޖޭގައި އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.
01 Dec 2023
ޚަބަރު
ޕްލާސްޓިކް ފެންފުޅި ވިއްކުން މަނާވާ ތާރީހަށް ރައީސް ބަދަލުގެންނަވައިފި
1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ފުޅި ރާއްޖެ އެތެރެކުރުމާއި އުފެއްދުން އަދި ބާޒާރަށްނެރުން މަނާކުރާ ތާރީޚުތަކަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަލުން ކަނޑައަޅުއްވާ، އެލިސްޓް ޤަރާރަކުން ވަނީ ނެރުއްވާފައެވެ.
30 Nov 2023
ޚަބަރު
ރައީސް ސޯލީޙުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރި އަރަބިއްޔާގެ ޓީޗަރެއްގެ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެއްޖެ
ބައެއް މީޑިއާތަކުގަޔާއި އަދި އެމައްސަލައިގެ ޙަޤީޤަތް އެނގޭ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ބުނެފައި ވަނީ، މައްސަލައިގެ ތުހުމަތު ކުރެވިފައި ވަނީ، ޢަރަބިއްޔާ ސްކޫލުގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝްގެ މައްޗަށް ކަމަށެވެ. އޭނާގެ މައްސަލަ ފަޅާއަރާފައި ވަނީ އޭނާގެ ފުށުން ޖިންސީ ފުރައްސާރައާއި ކުރިމަތިލާންޖެހުނު ބައެއް ދަރިވަރުން ސްކޫލުގެ ބައެއް ފަރާތްތަކަށް އެވާހަކަތައް ކިޔައިދިނުމުންނެވެ.
30 Nov 2023
ޚަބަރު
ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މިބައްދަލުވުމުގައި، ޔޫއޭއީގައި ކިޔެވުމާއި ވަޒީފާ އާއި އެނޫންވެސް ކަންކަމުގައި މިވަގުތު ދިރިއުޅޭ ދިވެހީންގެ ތެރެއިން 200 ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޔޫއޭއީގައި ދިރިއުޅޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
30 Nov 2023
ޚަބަރު
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމް ފޯމް ހުށައަޅުއްވައިފި
ފޯމް ހުށައެޅުއްވުމަށްފަހު އާޒިމް ވިދާޅުވީ، މާލޭގެ މޭޔަރު ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް ނިންމެވީ، މާލެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ކަމަށެވެ. އާޒިމް ވިދާޅުވީ، އޭނާގެ އަމާޒަކީ މާލެއަކީ، މީހުން ދިރިއުޅެން ހިތް އެދޭފަދަ ހިތްފަސޭހަ ތަނަކަށް ހަދައި ދިނުން ކަމަށެވެ.
30 Nov 2023
ޚަބަރު
ނައީމާ މަރާލި މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވަނީ
ނ. މަނަދޫގައި މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
30 Nov 2023
ޚަބަރު
މަންޑޭގެ މައްޗަށް 200 ވުރެ ގިނަ ދައުވާ އުފުލޭނެ ކަމުގައި ޕީޖީ ވިދާޅުވެއްޖެ
މަންޑޭގެ މައްޗަށް އުފުލާ މައިގަނޑު ދައުވާތަކުގެ ތެރޭގައި ، ސައްޙަ ނޫން ލިޔެކިޔުން އުފެއްދުމާއި، އޮޅުވާލުމާއި، ޓެކުމާއި އަދި މަނީލޯންޑަރިންގެ ކުށެވެ. ޕީޖީ ވިދާޅުވާ ގޮތުގައި މަންޑޭ ހިންގާފައިވާ ކުށުގެ އަމަލުކަށް ކުރުމަށް ކަނޑައަޅާފައިވަނީ ވަކިވަކި ދަޢުވާތެކެވެ. ތަޙްޤީޤާއި ގުޅޭ މައުލޫމާތު ހާމަކުރައްވަމުން ޕީޖީ ވިދާޅުވީ، ކޭޕާކުގެ އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ކޭޕާޚުގެ 41 އެޕާޓްމަންޓް ޖުމުލަ، 107 މީހުންނަށް ވިއްކާފައިވާ ކަމުގައި ތަޙްޤީޤުތަކުން އެނގޭކަމުގައިވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
30 Nov 2023
ޚަބަރު
ޝިފާޤު ޕީއެންސީ ދޫކޮށްލައްވައި ރައީސް ޔާމީނުގެ އައު ޕާޓީއަށް
މިއީ ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅުންގެ ތެރެއިން އެޕާޓީން ވަކިވެވަޑައިގަތް ފުރަތަމަ ބޭފުޅާއެވެ. ޕީއެސްސީން ވަކިވެވަޑައިގެން ޝިފާޤު އާއްމު ކުރެއްވި ސިޓީގައި ވިދާޅުވީ، ޕީއެންސީ މިއަދު އެހިނގާ މަގަކީ ދިވެހީންގެ ރާއްޖޭ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ގޮތެއް ކަމަށް ނުފެންނާތީ ޕާޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
30 Nov 2023
ޚަބަރު
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
30 Nov 2023
ޚަބަރު
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހުން ސީރިއަސް ހާލަތުގައި
30 Nov 2023
ޚަބަރު
ފަޒުލް އާއްމުންނާއި ބައްދަލުކުރައްވައި ދެއްވީ، ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤިންކަން
30 Nov 2023
ޚަބަރު
ހޯމް ސޯލާގެ ނަމުގައި ކުރީ ސަރުކާރުން ފެށި ޕްރޮގްރާމް މަގޭ ސޯލާގެ ނަމުގައި މިސަރުކާރުން އަލުން އިފްތިތާޙްކޮށްފި
މަގޭ ސޯލާގެ ނަމުގައި ރީބްރޭންޑްކޮށް އަލުން މި ޕްރޮގްރާމް އިފްތިތާޙްކޮށްފައި ވަނީ އިއްޔެއެވެ. މިޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ، މާފަންނު ރޭޑިއޯ ބިލްޑިންގގައިއެވެ. މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ.
30 Nov 2023
ޚަބަރު
ރައީސް ޔާމީންގެ އައު ޕާޓީގެ އަމާޒަކީ 24 ގަޑިއިރު ތެރޭ 3000 ފޯމު ހަމަކޮށް ރަޖިސްޓްރީ ކުރަން ހުށައެޅުން
އެޕާޓީގެ ފަރާތުން އަމާޒަކީ، 24 ގަޑިއިރުގެ ތެރޭގައި، 3000 ފޯމު ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުން ކަމަށެވެ. އަދި އެންމެ އަވަހަށް ރަޖިސްޓްރީވާ ސިޔާސީ ޕާޓީއަށް ހަަދައި ޕާޓީގެ މަސައްކަތްތައް އަވަހަށް ފަށައިގަތުމަށް ރާވަމުން އަންނަ ކަމުގައިވެސް އެޕާޓީން ބުންޏެވެ.
30 Nov 2023
ޚަބަރު
ކޮޕް ސަމިޓަށް ރައީސް ދުބާއީއަށް ވަޑަިއގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަ ކުރައްވާފައިވާ ގޮތުގައި، ކޮޕް28 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.