Advertisement

އާބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ހިޔާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: އާބަންކޯ

30 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ފަޒުލް އާއްމުންނާއި ބައްދަލުކުރައްވައި ދެއްވީ، ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤިންކަން

އާބަންކޯ އާއި ހަވާލުވެވަޑައިގެންނެވި އައު، މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އާއްމުންނާއި ބައްދަލު ކުރައްވައި، ހުޅުމާލޭގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އާބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވަނީ ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކުރައްވައި  އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.

އާއްމުންނާއި ބައްދަލުކުރައްވައި، އެސަރައްދުގައި ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކަށް ދިމާވެފައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަޤީން ފަޒުލްވަނީ ދެއްވާފައެވެ.

ހުޅުމާލެއަކީ، ތަރައްޤީގެ މާސްޓަރ ޕްލޭނެއްގެ ދަށުން، އާބަންކޯގެ ބެލުމުގެ ދަށުން ތަރައްޤީކުރެވެމުން އައި ޒަމާނީ ސިޓީއެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.