Advertisement

01 Dec 2023
ޚަބަރު
ނޫން

ވީއައިއޭގެ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީކޮށް ބޭނުންކުރަން ފަށައިފި

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭ ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތްދޭން ފަށައިފިއެވެ. މިއަހަރު ކުރީކޮޅުގައި ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު ވީ.އައި.އޭ ގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ވީ.އައި.އޭ ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމަކީ ބައިނަލް އަޤްވާމީ އެއަރ ނެވިގޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، އެއަރލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާ ތެރި ކަމަށް ބޭނުންވާ މައުލޫމާތު ޙިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. މައިގަނޑު ގޮތެއްގައި މިޕްލެޓްފޯމްގައި ރައްކާތެރިކަމާއި އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާއި ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރު ގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެއެވެ.

މި ސިސްޓަމުން ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި، މޫސުމާ ބެހޭ މައުލޫމާތު ހިމެނެއެވެ. މި ޕްލެޓްފޯމް ގާއިމުވެގެން ދިއުމާއިއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަރނެޓް މެދުވެރިކޮށް އެއަރލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާއި ކަމާއިއެކު ކުރެވޭނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މި ސިސްޓަމަކީ ދުނިޔޭގެ އެކި ޤައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއަރގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައި.ޑީ.އެސް އެއަރނެވް އާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫޢުއެކެވެ. އައި.ޑީ.އެސް އެއަރނެވް އިން ވަނީ، މިސިސްޓަމް ވީ.އައި.އޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ޚާއްސަ ތަމްރީންވެސް ވަނީ ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މިއީ ވީ.އައި.އޭ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ޚިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި ޚިދުމަތް ފޯރުކޮށްދެމުންދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަޚައްދުގައި އެއަރ ނެވިގޭޝަންގެ ޙިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއްކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) އިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.