Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

02 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ނޫސްވެރިއަކު ސުވާލުކުރަމުން ރައީސުލްޖުމްހޫރިއްޔާގެ ފަހަތުން ހިނގައިފި

މިހާރު ޔޫއޭއީގައި ކުރިޔަށްދާ ކޮޕް-28 ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން އުޅުއްވަނިކޮށް، އިންޑިއާގެ ނޫސްވެރިއަކު، ސުވާލުކުަރަމުން ހިނގައިފިއެވެ.

ސަމިޓް ބާއްވާ ހޯލުގެ ބޭރުން ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހިރާއްޖޭގެ ވަފުދުގައި ހިމެނޭ ބޭފުޅުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، އިންޑިއާ ޓުޑޭގެ ނޫސްވެރިޔާ، ގީތާ މޯހަންއެވެ. އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒާއު ސުވާލުކުރަމުން ހިނގާފައި ވަނީ، ސަމިޓް ކުރިޔަށްދާ ހޯލަށް އެމަނިކުފާނު ވަޑައިގެންނެވުމުގެ މަގުމަތީގައެވެ. މިކަން ހިނގާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ކޮޕް-28ގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގެ ކުރިންނެވެ.

އިންޑިއާ ޓުޑޭގެ ނޫސްވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ކުރެއްވި ސުވާލުގެ ތެރެއިން --

އިންޑިއާ ޓުޑޭގެ ނޫސްވެރިޔާ ގީތާ މޯހަން، ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލުކުރައްވާފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރައްވާނެކަމުގައި ރައީސް ވިދާޅުވެފައި ވާއިރު، އިންޑިއާގެ ކިބައިން ރާއްޖެއިން އުއްމީދުކުރާ ކަމަކާއި ގުޅޭ ގޮތުންނެވެ. 

އިންޑިއާގެ ނޫސްވެރިޔާއަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ ސައިންސް މިނިސްޓަރާއި އަދި ސަފީރާއި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި ކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ހޯއްދެވީ، އިންޑިއާއާއި ދެކޮޅަށް ސިޔާސީ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވައިގެންނެވެ. އަދި އެކަމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ގޯސްވެގެން ގޮސްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.