Advertisement

ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

01 Dec 2023
ޚަބަރު

މޫސުމީ ގެއްލުމަށް ބަދަލު ދިނުމަށް ފަންޑެއް އެކުލަވާލުމަކީ ރާއްޖެއަށް ލިބުނު އުންމީދެއް: މިނިސްޓަރ ޠާރިޤް

މޫސުމީ ގެއްލުމަށް ބަދަލު ދިނުމަށް 'ލޮސް އެންޑް ޑެމޭޖު' ފަންޑް އެކުލަވާލުމަކީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ކޮޕް28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓްގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވަނީ ކޮޕް ސަމިޓްގެ ތެރެއިން ރާއްޖޭގެ އަޑު އުފުލުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފަންޑެއް ކަނޑައެޅުމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށާއި އަދި މޫސުމީ ބަދަލުތަކުން އަސަރުކުރާ ޤައުމުތަކަށް ލިބިގެންދިޔަ އުންމީދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުން ރާއްޖެއަށް ބޮޑެތި އަސަރުތުތަކެއް ކުރަމުންދާއިރު މިފަދަ ޤައުމުތަކުގެ ދިރިހުރުން ގުޅިފައިވަނީ ބޮޑެތި ގައުމުތަކުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުން މި ފަންޑަށް އެހީތެރިވުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަނީ އަލުއަޅުވާލައްވާފައެވެ.

ރާއްޖެއަކީ އަބަދުވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކައި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައިވެސް މި މައްސަލައިގައި އަޑުއުފުލަމުންދާ ޤައުމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮޕް28 ސަމިޓް ކުރިއަށްދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. މި ސަމިޓް 12 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ސަމިޓްގައި 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.